އެމް.ޑީ.ޕީ ޕާލަމެންޓަރީ ގްރޫޕްގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
އެމް.ޑީ.ޕީ ޕާލަމެންޓަރީ ގްރޫޕްގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މީ ވަޢުދުވެ ވަޢުދު ނުފުއްދާ ސަރުކާރެއް ކަމަށް ރައްޔިތުން ބުނަން ފަށައިފި ކަމަށް އެމް.ޑީ.ޕީ ޕާލަމެންޓަރީ ގްރޫޕްގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުރޫފް ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަނީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަކުރުމަށް ޢަމަލީ މަސައްކަތެއް މި ސަރުކާރުން ކުރާ މަންޒަރު ނުފެންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް މިއަދު ވިދާޅުވީ ސަރުކާރުން މިހާރުވެސް ދަނީ ސިޔާސީ މަޤާމުތަކަށް އެއްވެސް ހިފެހެއްޓުމަށްނެތި މީހުން އައްޔަނު ކުރަމުން ކަމަށާއި އެހެންކަމުން މި ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.

"މި ސަރުކާރުން ފެށުނީއްސުރެ ދޮގާ މަކަރާ އޮޅުވާލުމުގަ ކަންތައްތައް ކުރާތަން މި ފެންނަނީ." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް މިއަދު ވިދާޅުވީ މަސްވެރިންގެ ކަންކަމުގައި ދާދިފަހުން ކަންހިނގާދިޔަ ގޮތަށް ބަލާއިރުވެސް މިއީ ވަޢުދުވެ ވަޢުދު ނުފުއްދާ ސަރުކާރެއް ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ.

މައުރޫފް މިހެން ވިދާޅުވެފައިވާއިރު ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވިދާޅުވެފައިވަނީ 48 ގަޑީއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެއްވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ މަސްވެރިން ކިރާ މަހަށް 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރުމަށެވެ.

ހަމައެއާއެކު ސަރުކާރުން މިހާރުވަނީ މަސްގަންނަ ރޭޓުވެސް ވެރިކަމަށް އައިއިރު ހުރި އަގަށްވުރެ 9 ރުފިޔާ ދަށްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން