ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓާއެކު ސަރުކާރު އިތުރަށް ބަލިކަށިވެގެންދާނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީ މެމްބަރުން އިސްވެ ތިއްބަވައިގެން އެޕާޓީއަށް ނިސްބަތްވާ މިނިސްޓަރު ފައްޔާޒު އިސްމާއިލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެކަމާއި ގުޅިގެން ސަރުކާރު އޮތީ ވިލާގަނޑެއްގެ ދަށުގައި ކަމަށް އާދަމް ޝަރީފް ވަނީ ސިފަކުރައްވާފައެވެ.

"އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުމުން އެމަގާމުގެ އޮތޯރިޓީ އެކްސަސައިޒް ކުރަން ދަތިވާނެ. ސަރުކާރު އިތުރަށް ބަލި ކަށިވާނެ. މަޖިލިސްތެރެ ހަލަބޮލިވާނެ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުން އިސްވެ ތިއްބަވައިގެން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ފައްޔާޒު އިތުބާރު ނެތް ކަމަށް ހުށައަޅާ ލިޔުމުގައި 20 މެމްބަރަކު ސޮއިކުރައްވާފައިވާ ކަމަށްވެއެވެ. އެކަމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިހާރު ވަނީ ފާޅުގައި ތެދުވެވަޑައިގެން ފައްޔާޒަށް ތާއިދު އޮތްކަން ހާމަކުރައްވާފައެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހަށް ވެއްދުމަށް އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ. މީގެ އިތުރުން އެމްޑީޕީގެ ތެރޭގައި އެކަމާ ގުޅިގެން ޚިޔާލު ތަފާތުވުން ބޮޑުވެ މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ދުރުކުރަން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޙަސަން ބުޝްރީ

13-Aug-2020

އެކަންކުރަން އުޅޭމީހުންގެ ދަތްދޮޅިދުއްވާލާ! އޭރުން ރަގަޅުވާނެ.



ޓްރެންޑިން