އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަން އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން މިހާރު ވަނީ ނިންމާފައެވެ.

އެކަމާ ދެކޮޅަށް ކުރި ޓުވީޓުތަކެއްގައި ޓްރޭޑް ޔުނިއަނުން ބުނެފައިވަނީ ކޮވިޑްގެ މި ނާޒުކު ވަގުތު އެކަން ކުރުމަކީ ރާއްޖޭގެ އިގުތިސާދަށް އެންމެ ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ.

އިގުތިސާދީ ގޮތުން މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން މިހާރު ކުރާ މަސައްކަތްތައް ވަޅުޖެހިޔަ ނުދިނުމަށް ޓްރޭޑް ޔޫނިއަން އިން ވަނީ އިލްތިމާސްކޮށްފައެވެ.

"މި މަސައްކަތް ކާމިޔާބު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކަށް މި ޔުނިއަންގެ ފުރިހަމަ ތާއީދު އޮތް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން،" ޓްރޭޑް ޔުނިއަންގެ ޓްވީޓްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން