މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ކެމްޕޭނުގައި ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ފުއްދިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައިވެސް ހުންނެވި ޤާސިމް އިއްޔެ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު މިހާރަށް މިހާރަށް ސާބިތު ކަމާއެކު ފިޔައަޅު އަޅުއްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެހެންނޫނީ ރާއްޖޭގެ މުސްތަޤްބަލް ފެންނަނީ ބަނަކޮށް ކަމަށެވެ.
"ލަސް ކުރަށްވައިގެން އަޅުގަނޑުމެންނަށް ސަލާމަތެއް ނެތޭ. މާދަމާ ޑޮލަރެއް ނުލިބޭނޭ. އަސާސީ ޙައްޤުތަކަށް ބޭނުންވާ މީހާއަށް އެންމެ ބޮޑުލާރި ފޮއްޗެއްވެސް ދޭން ނުލިބޭ ހަމައަށް ވާހަކަ ދައްކާލަ ދައްކާލާ އަޅުގަނޑުމެން ތިބެންވީތޯ؟" ޤާސިމް ވިދާޅުވެފައިވެއެވެ.
ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ޕްރޮގްރާމެއްގައި ބައިވެރި ވެއްޖެނަމަ އެކަމުގެ ނިކަމެތިކަން ލިބޭނީ މުޅި ޤައުމަށް ކަމަށާއި، އިންތިޚާބުގައި ވެފައިވާ ވަޢުދެއް ނުފުއްދިދާނެކަމުގެ ބިރަށްޓަކައި ޤައުމު އިނދަޖެހޭއިރު ބަލަން ތިބެގެން ނުވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"ކޮންމެ ވާހަކަފުޅެއް އިންތިޚާބު ކާމިޔާބު ކުރުމަށް ދައްކަވާފަ އޮތަސް. ރިގާޑްލަސް.. ކޮންބޭފުޅެއްތޯ އެވިދާޅުވާ ހުރިހާ ކަމެއް ފުރިހަމަކޮށްގެން އައީ. ވެރިކަމަށް ވަޑައިގެންނެވި އެއްވެސް ބޭފުޅެއް އެބައޮތްތޯ؟ ނެތް. ވަރަށް ސާބިތުކަމާއެކު މި ދަންނަވަނީ ނެތް އެބޭފުޅަކު." ޤާސިމް އިއްޔެ ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިހާވަރަށް އަޑިއަޅާލީ އެމް.ޑީ.ޕީ ސަރުކާރުން ޒިންމާ އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށާއި، މި ޤައުމުގައި ބޮޑެތި ޢަދަދުތަކުގެ ޝޯޓް ޓަރމް ލޯނު އެންމެ ގިނައިން ނަގާފައިވަނީ ނިމިދިޔަ އެމް.ޑީ.ޕީ. ގެ ސަރުކާރުން ކަމަށެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ މުއްދަތު 2025 ގައި ހަމަވާ ކަމަށާއި، އެވާހަކަ ދައްކަން ފެށުމުން އެކަން މަތިޖަހަން އުޅުން ރަނގަޅު ނޫންކަމަށް ވިދާޅުވެ ޤާސިމް ވަނީ އެމް.ޑީ.ޕީ އަށް ފާޑުވިދާޅުވެފައެވެ. ހަމައެއާއެކު އެމްޑީޕީން ދަޢުލަތުގެ ކުންފުނިތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބު ބޯމަތިވީމަ ކުންފުނިތަކަށް މީހުން ވައްދާލީ ކިހިނެއްތޯ؟ މަސްދޯނި ފަހަރު މަހަށް ފުރުނަނުދީ ކޮންމެ މީހަކުވެސް ވަޒީފާއަށް ދާންޖެހޭ މިންވަރަށް." ޤާސިމް ވިދާޅުވެފައިވެއެވެ.
ޤާސިމް ވިދާޅުވީ މާޒީވެ ދިޔަތަން ދިޔައީ ކަމަށާއި އެކަމަށް މިހާރު ބާރުފޯރުވެން ނެތް ކަމަށެވެ. އެހެންކަމުން މުސްތަޤްބަލް ރަނގަޅުކުރަން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޤާސިމް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު