މިއަދު ހިނގި ހާދިސާގައި ގެއްލުންވި ގެ-- ފޮޓޯ: އެމްއެންޑީއެފް
މިއަދު ހިނގި ހާދިސާގައި ގެއްލުންވި ގެ-- ފޮޓޯ: އެމްއެންޑީއެފް
މ. އެންޒިއަންގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން މިރޭ ބުނެފައިވަނީ، މިއަދު ހިނގި އެ ހާދިސާގައި އަސަރުކުރި ހަތަރު މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެނީ އެމަޖެންސީގައި ކަމަށެވެ. އަދި ދުމުގެ އަސަރުކުރި އަނެއް މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

ގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވަނީސް ނިއްވާލާފައި ވީނަމަވެސް، އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަދި ނެޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް ސެންޓަރުން މިހާރުވަނީ އެ އާއިލާއަށް ވަގުތީ ހިޔާއެއް ހަމަޖައްސައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން