ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތުގައި އެތައްފަރަކު ޖަލަށްލެވި ބަންދުކުރެވި، އެކީގައި ކުރި މަސައްކަތް ހަދާންނައްތާލައި ގޯސް ހައްދަވަން މިއަދު ނޫޅުއްވުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އަލީ އާޒީމަށް ގޮވާލައްވައިފިއެވެ.

އެފްއޭއެމްގެ އިންތިޚާބުގެ މައްސަލާގައި އާޒިމްގެ ނުރުހުން މިނިސްޓަރ މަހުލޫފަށް ކުރިމަތިވެ މަޤާމުން ވަކިކުރާނެ ކަމުގެ އިންޒާރު ނުސީދާ ގޮތަކަށް އެތައްފަހަރަކު އާޒިމްވަނީ ދެއްވާފައެވެ. މިވާހަކަތަކާއި ގުޅިގެން މިހާތަނަށް މިނިސްޓަރ މަހުލޫފް ފާޅުގައި ވާހަކަ ދައްކަވައި ސީދާ ރައްދު ތަކެެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް އިއްޔެ މިނިސްޓަރ ފައްޔާޒު މަޤާމުން ވަކިކުރުމަށް އާޒިމް އިސްކޮށް ހުންނަވައިގެން ފެއްޓެވި މަސައްކަތާއި ގުޅިގެން މީޑިޔާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އާޒިމްއަށް ވެގެން އުޅޭގޮތެއް އެއްގޮތަށްވެސް ސާފު ނުވާކަމަށެވެ.

މިސަރުކާރު ގެނައުމަށް އެންމެބޮޑަށް މަސައްކަތްކޮށް ރެއާއި ދުވާލު މަގުމަތީގައާއި ޖަލުތަކުގެ ތޭރިތަކުގެ އެތެރޭގައި އުޅުއްވި ބޭފުޅުން މަޖިލިސް ތެރެއިން "ކަތިލުމަށް" ކުރައްވާ މަސައްކަތަކީ ވަރަށް ނާތަހުޒީބު މަސައްކަތެއް ކަމުގައި މަހުލޫފު ވިދާޅުވިެޕއެވެ. އަލީ އާޒިމަށް މިއަދު ޕީޖީ ގްރޫޕްގެ ލީޑަރުކަން ލިބި މީހާ ހުރި ހިސާބު އޮޅިފައި ވީނަމަވެސް މިނިސްޓަރުކަމަށް އައިސްފައިވަނީ އާޒިމްއާއި އެއްގޮޅިއެއްގައި އޮތުމަށްފަހުކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ކީއްކުރަންތޯ މިއުޅުއްވަނީ. އަޅުގަނޑުމެން މިސަރުކާރު ގެނައުމަށް މަސައްކަތް ކުރީ ޖަލުގައި ނުތިބެން. އެދުވަހު އެމަސައްކަތް ނުކުރިނަމަ މިއަދުވެސް އަޅުގަނޑުމެން އެންމެން ތިބޭނީ ޖަލުގަ. އަޅުގަނޑާއި އާޒިމްއާއި މިއީ އެއްގޮޅިއެއްގައި މިހިސާބަށް އައި ދެމީހުން. އަޅުގަނޑަށްނޭގުނު އެހާ ޒާތީވާންވީ އެއްވެސް ސަބަބެއް. ކޮންކަމެއް ހާސިލް ނުވެގެންތޯ މިއުޅުއްވަނީ." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މަޖިލިސް އޮތީ ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދީ ރައީސް ޞާލިހުގެ ވެރިކަން ހިންގުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭގޮތަށް ކަމަށެވެ. މަދު މެމްބަރަކު މިހެން ކުރާ ކަމަކުން ސަރުކާރަށް ކުރިމަތިވާ ޕްރެޝަރު ކުޑަކުރުމަށް ވާހަކަ ދައްކައިގެން މިކަންކަން ހައްލު ކުރަންޖެހޭކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަދި މަޖިލިސް ތެރެއިން ބިރުދައްކައި ވަޒީރުކަމުން ވަކިކޮށްފާނެކަމަށް ދެއްވާ އިންޒާރަކީ ބިރުގަންނަ އިންޒާރެއް ނޫންކަމަށް މަހުލޫފް ވިދާޅުވިއެވެ. ސިޔާސީ މަސައްކަތަކީ މިއަދު މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު މާދަމާ ޖަލުގައިވެސް އޮންނަންޖެހޭ މަސައްކަތެއްކަން އޮޅިފައި ނުވާކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން އާޒިމްގެ ހަމަށްވުރެ ކުޑަތަންކޮޅެއްވެސް އޭނާގެ ހަން ތުނިނުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފްއަކީ މިސަރުކާރު ވެރިކަމަށް ގެނައުމުގައި ވަރަށް ބުރަ މަސައްކަތެއް މަގުމަތިންނާއި، އެނޫން ގޮތްގޮތުންވެސް ކުރެއްވި ބޭފުޅެކެވެ. އަދި މިހާރުގެ ކެބިނެޓްގައި ސަރުކާރު ދިފާއު ކުރެއްވުމަށް ރެލީއެއްގައި ވާހަކަ ދައްކަވަން ޖެހުނަސް، މަގުމައްޗަށް ނިކުންނަން ޖެހުނަސް އެކަންކަމަށް އެންމެ ފަރިތަ ބޭފުޅުކަށް ހުންނެވީ މިނިސްޓަރ މަހުލޫފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން