ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ ތާވަލާ އެއްގޮތަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީ ކޮށްފައިވާއިރު މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ ތާވަލާ އެއްގޮތަށްކަމަށް ވަޒީރު އަމީން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލާލުމަށް އެ އެއަރޕޯޓަށް ކުރެއްވި ޒިޔާރަތަށް ފަހުއެވެ.
ހަނިމާދޫ އެއާޕޯޓުގައި 1.5 މިލިއަން ފަތުރުވެރިންނަށް ކޭޓަރ ކުރެވޭވަރުގެ ޕެސެންޖަރ ޓަރމިނަލްއެއް ތަރައްޤީކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހަމައެއާއެކު އުތުރުގެ ރިސޯޓުތަކަށް ދާން ބުކިންގ ހަދާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުގެނެސް ސީދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން މިހާރު ދަނީ ކުރަމުންނެވެ.
އޭގެ އިތުރުން ހަނިމާދޫ އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓަރމިނަލް ތަރައްޤީ ކުރުމާއެކު ހަނިމާދޫން ސީދާ ސީޕްލޭންގައި ރިސޯޓުތަކަށް ފަސޭހައިން ދެވޭނެ މަގުވެސް ފަތުރުވެރިންނަށް ފަހިވެގެންދާނެއެވެ.
މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިއީ ރައީސް ސާލިޙުގެ ސަރުކާރުން ފައްޓަވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމައް މިއަދު ހދ.ހަނިމާދޫއަށް އަޅުނގަޑު ޒިޔާރަތްކުރިން، މަސައްކަތް ކުރިއައް ދަނީ ތާވަލާ އެއްގޮތައް! pic.twitter.com/pQS0aPOoqe
— Mohamed Ameen (@ameen3d) July 6, 2024
ހަނިމާދޫ އެއާޕޯޓުގައި 1.5 މިލިއަން ފަތުރުވެރިންނަށް ކޭޓަރ ކުރެވޭވަރުގެ ޕެސެންޖަރ ޓަރމިނަލްއެއް ތަރައްޤީކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހަމައެއާއެކު އުތުރުގެ ރިސޯޓުތަކަށް ދާން ބުކިންގ ހަދާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުގެނެސް ސީދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން މިހާރު ދަނީ ކުރަމުންނެވެ.
އޭގެ އިތުރުން ހަނިމާދޫ އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓަރމިނަލް ތަރައްޤީ ކުރުމާއެކު ހަނިމާދޫން ސީދާ ސީޕްލޭންގައި ރިސޯޓުތަކަށް ފަސޭހައިން ދެވޭނެ މަގުވެސް ފަތުރުވެރިންނަށް ފަހިވެގެންދާނެއެވެ.
މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިއީ ރައީސް ސާލިޙުގެ ސަރުކާރުން ފައްޓަވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު