މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ)
މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ)
އެމްޑީޕީ ގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި ދެކޮޅަށް ނުކުންނަވައިގެން ނާކާމިޔާބުވުން ވާނީ ލަދުވެތި ކަމަކަށް ކަމުގައި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ދެރައީސުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އިސްވެ ހުންނަވައި ކުރައްވާ މަސައްކަތްތަކަށް އިޝާރަތް ކުރައްވަމުން ރީކޯ މޫސަ ވިދާޅުވީ ޕާޓީގެ ރައީސް، ޕާޓީގެ އުސޫލުތަކާއި ޚިލާފުވެގެން ވަކި ކުރުމަށްވުރެ، ރައީސް ސޯލިހާއި ދެކޮޅަށް ނުކުމެވަޑައިގެން ނާކާމިޔާބާއި ކުރިމަތިލާން ޖެހިއްޖެނަމަ އެއީ މާ ލަދުވެތި ކަމަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެހެން ވެއްޖެނަމަ އެންމެ ބުއްދިވެރި ގޮތަކީ އަމިއްލަފުޅަށް ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވުން ކަމަށް މޫސަ ވިދާޅުވިއެވެ.

"ޕާޓީގެ އުސޫލުތަކާއި ޚިލާފުވެގެން ޕާޓީން ވަކިކުރުމަށްވުރެ ލަދުވެތި ކަމަކަށްވާނެ ޕާޓީގެ ރައީސަކަށް ހުރެ، ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ނުކުމެ ނާކާމިޔާބުވުން. އެހެންވެއްޖެ ނަމަ ޕާޓީގެ ރައީސްކަމުން އަމިއްލައަށް އިސްތިއުފާ ދިނުން ބުއްދިވެރި ގޮތަކީ." މޫސަ ވިދާޅުވިއެވެ.

ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނެގުމަށް މަސައްކަތް ކުރަމުންދާތީ އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައެވެ. މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ސޮއި ހޯދިއިރު އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް ރައީސް ނަޝީދު ކަމަށް އަޑު ފެތުރިފައިވެއެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވެސް އަންނަނީ ފާޅުގައި އެ ނިންމުމާއި ދެކޮޅު ހައްދަވައި ފައްޔާޒަށް އިތުބާރު އޮތް ކަން ހާމަކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


19

ޖައުފަރު

14-Aug-2020

އައްޔާ ހާދަ ވަރެއްވެފަ ތިޔައީ އެއްކަލަ އަންނި ޖަހައިލާ ފޮޑީގެ ވެސް މީރުވަސް ދުވާ ކަމަށް ބުނާ ގުރޫޕު ސޮރެއް ދޯ


4

ޖައުފަރު

14-Aug-2020

އައްޔާ ހާދަ ވަރެއްވެފަ ތިޔައީ އެއްކަލަ އަންނި ޖަހައިލާ ފޮޑީގެ ވެސް މީރުވަސް ދުވާ ކަމަށް ބުނާ ގުރޫޕު ސޮރެއް ދޯ


-4

ޢަލީ

14-Aug-2020

ރައީސް ނަޝީދުއާ ދެކޮޅު ބައިގަނޑެއް އެމްޑީޕީ ތެރޭއުޅޭކަމަށް ކުރިން ގަބޫލުނުކުރީ ނަޝީދު އެހެން ނުބުނާތީ.


7

ޢަލީ

14-Aug-2020

ރައީސް ނަޝީދުއާ ދެކޮޅު ބައިގަނޑެއް އެމްޑީޕީ ތެރޭއުޅޭކަމަށް ކުރިން ގަބޫލުނުކުރީ ނަޝީދު އެހެން ނުބުނާތީ.


4

ޢަލީ

14-Aug-2020

ނަޝީދު ނާކާމިޔާބަކީ އާންމުމެމްބަރުންގެ ގައިގަޖެހުން. ޢެމްޑީޕީ ތެރެއިން ނަޝީދުއާ ގެޅިނުގަންނާތި. މޫސަޔަށް މިވާހަކަ ބުނެދޭކަށް ނުޖެހޭނެ. ޢެމްޑީޕީގެ ރައީސްކަމަކީ އާންމުމެމްބަރުން ހަވާލުކުރާ ކަމެއް.



ޓްރެންޑިން