ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީން ބުނެފިއެވެ.
ސަރުކާރުން 38 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، އެރަށުގެ ބޮޑު 17 މަގެއްގައި ތާރު އަޅަމުންދެއެވެ. އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ތާރު އެޅުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިމަސައްކަތުގެ ތެރެއިން މިހާރު ބައެއް މަގުތަކުގައި ސަބް ބޭސް އެޅުމުގެ މަސައްކަތާ، ވާރޭފެން ހިންދުމަށް ބޭނުން ކުރާ ވަޅުގަނޑުތައް ފެއްތުމާއި ހޮޅި އެޅުމުގެ މަސައްކަތްވެސް ކުރަމުންދެއެވެ.
އެންމެ ފުރަތަމަ މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްއާރްޑީސީއާއެވެ. އެމްޓީސީސީއާ މި މަސައްކަތް އަލުން ހަވާލުކޮށްފައިވަނީ، 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކޮށްފައި ވަނީ މި ސަރުކާރުންނެވެ. އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅަނީ، ދެ ފަރާތުގައި ޕޭވްމަންޓް ހަދައި، ބޮޑެތި މަގުގެ ދެފަރާތުގައި ގަސް އިންދާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު