ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު
ރައީސް ޞާލިޙްގެ ސަރުކާރުން ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ކޮލެޖްތަކުގެ ކޯސްތަކުގެ އަގުވެއްޓި ކޮލެޖްތައް އިނދަ ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ސުޖާއު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފެށި ހިލޭ ޑިގުރީ ޕްރޮގްރާމަކީ ސްކޭމެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ވެރިކަމުގައި މަތީތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭ ކަމަށާއި، ޕްރައިވެޓް ކޮލެޖުތަކަށް ސަރުކާރުތަކުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ.

އޭގެ އިތުރުން ހިލޭ ޑިގުރީ ޕްރޮގްރާމްގެ ސަބަބުން ޕްރައިވެޓް ކޮލެޖުތަކުގައި ހިންގަމުން ދިޔަ ކޯސްތަކުގެ އަގު ވެއްޓިގެންދިޔަ ކަމަށާއި ފެނިގެން ދިޔައީ ޕްރައިވެޓް ކޮލެޖުތައް އިނދަޖެހިގެން ދިޔަ މަންޒަރު ކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.

"ހިލޭ ޑިގުރީ ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި،" ސުޖާ މިއަދު ވިދާޅުވިއެވެ.

ސުޖާއު މިހެން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް ފާއިތުވި ފަސް އަހަރު ސަރުކާރުން 695 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އެ މުއްދަތުގައި ޖުމުލަ 20،337 ދަރިވަރުން ވަނީ ހިލޭ ޑިގުރީ ސްކީމުގެ ދަށުން ޑިގުރީއަށް ކިޔަވަން ފަށައިފައެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ފައިސާ ދޫކުރާނީ ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވާ ދަރިވަރުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން