މާލޭ ގަލޮޅު ކަންމަތީގައި އޮތް ވޭނުން މިއަދު ބާރުގަދަ އަޑެއް ގޮވީ ނުރައްކާތެރި ގޮވުމެއްގެ ސަބަބުން ނޫންކަމަށް އެމް.އެން.ޑީ.އެފް. އިން ހާމަކޮށްފިއެވެ.
ދިވެހި ޤައުމީ ދިފާއީ ބާރުން މިއަދު ބުނީ ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން މިފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް އެމް.އެން.ޑީ.އެފް. އިން ޢަމަލު ކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެ އިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.
“މީ އެކްސްޕްލޯސިވެއްގެ ސަބަބުން ހިނގާދިޔަ ކަމެއް ނޫންކަން ވަނީ ކަށަވަރު ކުރެވިފައި. މިކަން ހިނގާފައިވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭތީ އެކަން ފުލުހުން ދަނީ ބަލަމުން.” އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމް.އެން.ޑީ.އެފް. އިން އިތުރަށްބުނީ ވޭނުން އަޑެއް ގޮވީ ނުރައްކާތެރި ގޮވާ އެއްޗެއްގެ ސަބަބުން ކަމަށް ނުބެލެވޭތީ އެ ސީން މިހާރު ފުލުހުންނާ ޙަވާލު ކޮށްފައިވާ ކަމަށެވެ.
މިޙާދިސާގައި ޕާކް ކޮށްފައިއޮތް ވޭނަށާއި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމް.އެން.ޑީ.އެފް. އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު