ރާއްޖެއާ އިންޑިއާގެ ކޮޗިން އާ ދެމެދު ފެރީގެ ޚިދުމަތް ފަށަން ހަމަޖެހިއްޖެއެވެ.

ކޮޗިން / ކުޅުދުއްފުށި / މާލެ ކާގޯ ފެރީގެ ޚިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެޏެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި ކޮޗިން / ކުޅުދުއްފުށި / މާލެ ކާގޯ ފެރީގެ ޚިދުމަތް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ކޮޗިން ފެރީއަކީ ރާއްޖެއަށް ވޯރާ ވިޔަފާރިވެރިން އަލުން ގެނައުން ފަދަ ކަމެއް ކަމަށެވެ. މީގެ ސަބަބުން އިންޑިއާގެ ކުދި ވިޔަފާރިވެރިން ރާއްޖެއަށް އަތް ގަދަކޮށް ދިވެހީންގެ ވިޔަފާރިތައް ހަލާކުކޮށްލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


14

ގޭދޮށު ސޮރު

13-Aug-2020

މީ އަނެއް ހަތަރު އަގޮޅި.. މީ އިންޑިޔާ އަވަށެއްނޫން.. ތިގޮތަށް ބޯޑަރު ހުޅުވަން.. މީ ގައްމިއްޔަތުގެ ކަންފުޅެއްވެސް ނެތްބަޔެއް.. ﷲގެ ރަހުމަތުން މިވަބާއިން އަވަހަށް މިންޖުކުރައްވާށި އާމީ.. ދެން އެމީހުން އައިސް ފުންމާލާނީ.. ބަންގާޅީން ނަށްވީހެން ވިސާނެތި އުޅޭނީ.. ގައުމުގެ ދުވަސް ދުއްވާލާ ބައިގަނޑެއް މަގޭ އާއިލާ އެކަކުވެސް ދެން ދުވަހަކުވެސް އެމްޑީޕީ އަކަށް ވޯޓެއްނުދޭނެ.. މަވާ ސަލާން ކުރީން ތާއިދު ކުރެވުނީތީވެސް..



ޓްރެންޑިން