ސަރުކާރުގެ މިދައުރު ނިމޭއިރު ފާއިތުވެދިޔަ 10 އަހަރު ނާންނަ ވަރުގެ ތަރައްޤީއާއި ކުރިއެރުން ރާއްޖޭގެ ޞިއްހީ ނިޒާމަށް އަންނާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި، އަދި ކުރިއަށް އޮތްތަނުގައި ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ރައްޔިިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރައީސް ޞާލިހުގެ ސިޔާސަތަކީ އަތޮޅުތެރެއިން މާލެ އަށް ހިދުމަތް ހޯދަން އަންނަންޖެހޭ މީހުންގެ ނިސްބަތް މަދުކުރުންކަމަށެވެ.

މިކަން ކުރެވޭނީ އަތޮޅު ތަކުގައި ބޭނުންވާ ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި، ވަސީލަތްތަކާއި ސާމާނު ހުރެގެން ކަމަށްވާއިރު އެމަސައްކަތުގެ ބޮޑުބައެއް އަދިވެސް ކުރިއަށް އޮތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑް-19 ފެނުމުގެ ކުރިން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކަންކަން ގެންދިއުމަށްޓަކައި ގިނަ މަޝްވަރާތަކެއްކުރެވި މުހިންމު މަސައްކަތްތަކެއް ފެށިފައިވާކާމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ސިއްޙީ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހައިރަށެއްގައި ލެބޯރޓްރީގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެވެ. އަދި ސިއްޙީނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ޕަބްލިކް ހެލްތުގެ ވަރުގަދަ ނިޒާމެއް އަލުން ނަގައި ކޮޅަށްޖެހުމުގެ މަސައްކަތް ފަށައި އޭގެ ހެޔޮބަދަލު މިހާލަތުގައިވެސް އަތޮޅުތެރެއިން ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ޞިއްހީ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަޔަކީ ރައްޔިތުންނާއިި ގުޅިގެން ދެވެން އޮތް ހިދުމަތްތައް ހުއްޓާލުން ކަމަށާއި، މިސަރުކާރުން އެކަންކަން އިޔާދަ ކުރައްވާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ކުރީގެ ބައްދަލުވުމުގައި މިނިސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުން ދެއްކެވި ވާހަކަތަކާއި ގުޅިގެން މިނިސްޓަރ އަމީން ވިދާޅުވީ މިނިސްޓްރީގައި ތިއްބެވި ޓެކްނިކަލް ބޭފުޅުންނާއި ސިއްހީ ހިދުމަތްތެރިންނަކީ ވަރަށް ޤާބިލް ތަޖުރިބާ ހުރި ބޭފުޅުންކަމަށެވެ. ރާއްޖޭގެ މުޅި ޞިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު ސިއްހީ ނިޒާމު ހިފެހެއްޓިފައިވަނީ އެބޭފުޅުންގެ މިންނެތް މަސައްކަތުންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ރޯގާބަލިމަޑޫކަމުން އަރައިގަނެ، ރައީސް ޞާލިހުގެ އަމާޒާއި ހަމަޔަށް ވާސިލް ވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި މިފަސް އަހަރު ނިމޭއިރު ރާއްޖޭގެ މުޅި ސިއްހީ ނިޒާމަށް ބޮޑު ބަދަލެެއް ގެނެސް އަތޮޅުތެރެއިން ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް އަންނަންޖެހޭ މިންވަރު މަދުކުވިގެންދާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޖޯރޭ

14-Aug-2020

އިދިކޮޅު ބައިގަނޑު ބުނަނީ ސަރުކާރަށް ވައުދު ފުއްދިޔަ ނުދޭން ވީ ވަރަކުން މަސައްކަތް ކުރާނެކަމަށް


14

މަހުޖަނު

13-Aug-2020

އަޅުގަނޑަށް ޔަގީން މިސަރުކާރުން ވައުދުތައް ފުއްދާނެ އިތުރަށް ވެސް ގިނަ ކަންތައް ތަކެއް ތާރަފު ކުރައަވާއި ރައްޔަތުންގެ ލޯބި ހޮދާނެ އެކަމާ ބަޔަކު މީހުން ބިރުން އެތެޅިފޮޅެނީ މީ ދޯ މިހާރު ފެންނަ މަންޒަރަކީ


16

ސަނާ

13-Aug-2020

ސާބަހޭ އަމީން މި ސަރުކާރުގަ އެ ބުންވަރު އެބަހުރިކަން އަޅުގަނދުވެސް ގަބޫލު ކުރަން



ޓްރެންޑިން