ފިލާ ބިލްޑިންގްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ބިލްޑިންގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކުރީ ރޭ ފަތިހު 04:41 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ބެލްކަނީގައި ހުރި ކުނިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:57 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.



އެ ހާދިސާގައި ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން