ބައިނަލްއަޤުވާމީ މުއާޙަދާތަކުން ލިބިދިނުމަށް ކަނޑައަޅާފައިވާ އެއްވެސް ޙައްޤެއް ރާއްޖޭގައި ލިބިދެވޭނީ އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރެއިން ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

ދިވެހި ސަރުކާރުން މިކަން ހާމަކޮށްފައިވަނީ އ.ދ ގެ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ދަށުން، 2022 ގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު އދގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި އަންގާރަ ދުވަހާއި ބުދަ ދުވަހު ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައެވެ.

މި ސެޝަންގައި ބަންޑާރަނާއިރު އަޙްމަދު އުޝާމް ވިދާޅުވީ އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމާއި އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ލިބިދެވޭނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އުޝާމް ވިދާޅުވިއެވެ.

ބަންޑާރަނާއިބުގެ އޮފީހުން ބުނީ މި ރިވިއު ސެޝަނަށް ފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި ރިވިއު ސެޝަންގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ނިންމުންތަކާއި ހުށަހެޅުންތައް މި މަހުގެ 19 ވަނަ ދުވަހު ހިއްސާކުރާނެ ކަމަށެވެ.

މި ސެޝަންގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން