އޮންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒު މޫސާ
އޮންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒު މޫސާ
ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އަންގައިފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ފ) ގައި ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އެ އިދާރާއެއްގެ އެންމެހާ މުވައްޒަފުންނަށް ދެވޭ އުޖޫރަ އާއި ޢިނާޔަތް، އަހަރަކު އެއް ފަހަރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލަ އިސްނެންގެވުމުގެ މަތިން ޝާއިޢުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ފަހަކަށް އައިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ މައުލޫމާތު ހޯއްދެވުމަށް ބައެއް އިދާރާތަކަށް ހުށަހަޅުއްވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށް އެ ސާކިއުލާގައިވެއެވެ. އެ ފަދަ މައުލޫމާތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތުކަމަށް ވާތީ، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިޢު ކުރުމަށް އެ ސާކިއުލާގައި އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ފާއިޒް

13-Aug-2020

ފައުލަތުގެ ހިށަބެއް އޮޑިޓ ްނުކޮއް އޮއްވައި ސިނުމަކީ އެއްގޮތަކަށްވެސް ކުރަންކެހޭނެ ލަމެއް ކަމަށަ ގަބޫލުނުކުރެވޭ. ފައިސާގެ ހިސާބެއް ސައްހަކަން އެނގެނީ އޮޑިޓް ރިޕޯޓުން. އޭގެ ކުރޮން އެއީ ސައްހަ ހިސާބެއްކަން ކަނޑައެޅޭނެ ގޮތެއް ނޯންނާނެ. އިންފޮމޭޝަން ކޮމޮޝަނަރށްވެސް މޮޔަ ގޮވިދާނެ


3

ވިދުވަރު

13-Aug-2020

މިއީ ވަރަށް ކޮށިވިސްނުންފުޅެއް.. މީގެ ސަބަބުން އެމީހާގެ މުސާރައާއި ނުބައްދަލު ބޮޑު ހަދީޔާ ދީ މުވައްޒަފުން ގަތުމަށް ކޮރޮޕްޓް ކޮމިއުނިޓީއަށް ލިބޭ ބޮޑު ބާރެއް.. މިކަހަލަ ކަންކަން ނުކޮށް ކޮރަޮޕްޝަން ހުއްޓުވާބަލަ.. މުސާރައާއި ނުބައްދަލު މުއްސަނދިކަން ލިބުނު ގޮތް ސާފުކުރުމަށް އިންފޮމޭޝަން ކޮމިޝަނު އެދިބަލަ.. ކޮހުން ތަންތަނަށް ލައިގެން މުޅިގައުމު ހަލާކުވަނީ..



ޓްރެންޑިން