ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ޤައުމަށް އަގުހުރި ދަރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ގައުމަށް އަގުހުރި ދަރިއެއް ކަމަށެވެ.

ހަމައެއާއެކު ކޮންމެ ރައްޔިތަކީވެސް ދިވެހީންގެ ކުރިމަގަށް ކުރާ އުންމީދުގެ ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.





ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ.

މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން" ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން