ވެރިކަން ލިބި ރައްޔިތުންްނަށް ހިދުމަތް ކުރުމުގެ ފުރުސަތު ތަނަވަސްވުމުން ސަރުކާރުގެ ތެރެއިން އިދިކޮޅު ޕާޓީ ހަދައިގެން ވެރިކަން ގުޑުވާލުމަށް ނޫޅުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

މަޖިލިސް ތެރެއިން ސަރުކާރުގެ ވަޒީރުންނަށް ޕްރެޝަރުކޮށް ވަޒީރުން މަޤާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމާއި، ބައެއް ވަޒީރުން ވަކިކުރުމަށް ކުރައްވާ މަސައްކަތްތަކަށް ފާޑުވިދާޅުވެ ޝަރީފް ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރަން ޖެހިފަައިވާ މިދަނޑިވަޅަކީ ވަރަށް ހައްސާސް ދަނޑިވަޅެއްކަމަށެވެ. ޤައުމުގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓި ގައުމުގެ ރިޒާވް ބޮޑުތަނުން ދަށަށް ގޮސްފައިވާ މިހާލަތުގައި އެއްބައިވަންތަކާއިއެކު މަސައްކަޔް ކުރަންޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މިހާލަތަކީ ހާލަތުގެ ބޭނުން ނާޖައިޒް ގޮތުގައި ހިފައި ސަރުކާރުގެ ތެރެއިން ވެރިކަމަށް އާދެވޭ ގޮތެއް ހޯދައި ސަރުކާރު ގުޑުވާލަންވީ ވަގުތު ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ. ކޮންމެ މީހަކުވެސް ކުރެވެން އޮތް ކަމެއްކޮށް ދެވެން އޮތް ހިދުމަތެއް ދީގެން ޤައުމުގެ ހާލަތުު ރަނގަޅު ކުރުމަށް ޝަރީފް ވަނީ ގޮވާލާފައެވެ.

"މީ އެމްޑީޕީ ވެރިކަމެއް. ޤައުމުގެ އިޤްތިޞާދު އޮތީ ވެންޓިލޭޓަރުގަ. ރިޒާވް ހުރީ 2 މަސް ދުވަހުގެ އިމްޕޯޓަށްވާ ވަރުގެ ޑޮލަރު ކޮޅެއް. ރައްޔިތުންގެ ފުރާނަ ސަލާމާތް ކުރަން އަދި އިޤްތިޞާދު ނަގާ ކޮޅަށް ޖަހަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސަރުކާރު ހޭބޯނާރާ މަސައްކަތް ކުރަމުންދަނީ. މިއަދުވެސް އިންޑިޔާއާއިިއެކު 750 މިލިއަންގެ އެހީގެ ޕެކޭޖެއްގަ ސޮއިކޮށްފި. މި ނާޒުކު ދަނޑިވަޅުގައި އިދިކޮޅު ޕާޓީ ހަދައިގެން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރު ގުޑުވާލަން މަސައްކަތް ކުރުމަކީ އިއާދަނުކުރެވޭނެ ފަދަ ގެއްލުމާއި، މިލޮބުވެތި ގައުމު ކުރިމަތިލާން ޖެހިދާނެ ކަމެއް." ޝަރީފް ވިދާޅުވިއެވެ.

މިވަގުތަކީ އެމްޑީޕީގެ މެމްބަރުންގެ އިހުލާސްތެރިކަން ދައްކަންޖެހޭ ވަގުތުކަމަށް ޝަރީފް ވިދާޅުވެއެވެ. ޚާއްސަކޮށް ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިޚުލާސްތެރިކަމާއިއެކު ޤައުމަށް ކޮށްދެވެން އޮތް ހިދުމަތެއް ކޮށްދޭންޖެހޭ ވަގުތުކަމުގައި ޝަރީފު ވިދާޅުވިއެވެ. މިއީ ޤައުމު ހަލަބޮލިކޮށް ރައްޔިތުން އިތުރަށް ހާލުގައި ޖައްސަންވީ ވަގުތު ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެމްޑީޕީ އަށް މިއޮތީ ވެރިކަން ލިބިފަ. ދެން ކުރަންވީ ކަމަކީ އިހުލާސްތެރިކަމާއިއެކު ޤައުމަށް ހިދުމަތް ކުރުން. އިދިކޮޅު ޕާޓީ ހަދައިގެން ގައުމު ހަލަބޮލި ކުރަންވީކީނޫން." ޝަރީފް ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން ޤައުމު ކޮޅަށް ޖެހުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ ކެބިނެޓް ރެއާއި ދުވާލު ބޭރުގެ އެކި ގައުމުތަކުގައި ސަލާންޖަހައިގެން ޤައުމު ސަލާމާތުގެ އައްސޭރިއަކަށް ގެންދަން ކުރާ މަސައްކަތުގައި ހުރިހާ މުއައްއަސާތަކެއްގެ އެއްބާރުލުން ދޭންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާލަތުގައި ބުރަ މަސައްކަތުން ގެނައި ސަރުކާރަަށް ޕްރެޝަރުވާނޭ ގޮތަކަށް މަސައްކަތް ނުކުރުމަށް ޝަރީފް ވަނީ އެމްޑީޕީގެ މެމްބަރުން ކިބައިން އެދިވަޑައިގެންފައެވެ.

"އެންމެން އެކުވެރިވެ އެއްބައިވެ ކޯވިޑްގެ ސަބަބުން ހީނަރުވެފައިވާ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށާއި އަދި ރަަށްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރަމުންދާ ބުރަ މަސައްކަތަށް އެއްއާބާރުލުން ދިނުމުގެ ބަދަލުގައި ބައިކޮޅަށް ބޯޅަޖަހަން އުޅުން ބަލައި ނުގަންނަން." ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ ތެރެއިން ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމަށް ވޯޓް ނެގުމަށާއި، ދުވާލަކު ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށް ވަޒީރުންނާއިމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލުވާލުމަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަމުންދާކަމަށް ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މިކަމުގެ އެންމެބޮޑު ބޭނުމަކީ ރައީސް ޞާލިހަށް ހަމަޖެހިލައިގެން ވެރިކަން ކުރުމުގެ ފުރުސަތު ނުދެއްވުންކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


5

ހަސަނިކާ

14-Aug-2020

100 ފަހަރު ލިޔަން އެންގެވި ބައި ލިޔެވިއްޖެތޯ


1

އިބިރާ

14-Aug-2020

ޝަރީފް ހެދީ ހުސް ތެދެވާހަކަ.


0

ޒާހިރުބެ

14-Aug-2020

މަހުވައި ޝަރީ ބެނީ ހަމަ ހެއުކޮށް ޝަރީފު މެން އަންނި އެއި ދެކެޑަށް އެއްތަކާއު ބެނާހެދީ މިކޯ ޝަރީފު އަސް ކަމިނިވޭހެއް މާ މިޅު ޑިމޮކުރަސީ އައް މިވެރިން މިދެންނެއި


9

އެލެކޮސް

14-Aug-2020

ހަގީގަތުގަ ވެސް ޝަރީފު އެވިދާޅުވީ ވަރަށް ރަނގަޅުވާހަކަ އެއް އެކަމަކު ކީއްކުރާނީ އަންނި އެހުރީ ވެރިކަމާ ހުރެ އަނދެގެން ހުރި މުންޑު ގަނޑު ވެސް ވިއްކާލާ ހިސާބުގަ އެމްޑީޕީ ފުނޑުނަސް ޤައުމު ފުނޑުނަސް އަންނިގެ ފަރުވާލެއްނެތް ވިއްޔާ


10

ހަސަނު

13-Aug-2020

މަޖިލިސް އަށް ވެސް ސަރުކާރަށް ވެސް ބޭނުން ވަނީ ޝަރިފު ކަހަލަ ވިސްނުންތެރި ކެރޭމީހުން ސާބަސް ޝަރީފު އަށް


-14

ޖައުފަރު

13-Aug-2020

އައްޑޫ ޝަރީފު ގެ ތިޔަވާހަކަ އަށް 100% ތާއީދު ވަރަށް އޮށްޓަރު ހުރި ވާހަކަ ތަކެއް ބަރާބަރު ވާހަކަތަކެއް



ޓްރެންޑިން