ރައީސް ނަޝީދަކީ ކާކުކަމާއި ކީއްކުރާ މީހެއްކަން މާލޭ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ އަދި ވަޒީފާތަކުގައި ގާއިމުވެ ތިބޭ އެމްޑީޕީގެ އިސްބައެއް ފަރާތްތަކާއި އެކްޓިވިސްޓުންނާއި މެންބަރުން ހިމެނޭ ގޮތަށް "ރަަށްވެހި ފަތިސް ލަންކާ" ގެ ނަމުގައި ހަދާފައި އޮންނަ ސިޔާސީ އެކި ވާހަކަތައް ދެކެވޭ ވަޓްސްއެޕް ގްރޫޕެއްގައި އެމްޑީޕީގެ އެކްޓިވިސްޓް ފުރަހަނި ޝުއައިބު ކުރެއްވި މެސެޖަކަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީ އުފެދިގެން އައިއިރު ޕާޓީގެ ތެރޭގައި އިސްކޮށް އުޅުއްވި އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި ވަޒީފާ އަދާ ކުރެއްވެވި މަޝްހޫރު ފުރަހަނި ޝުއިބް ކުރެއްވި މެސެޖެއްގައި އޭނާ ވަނީ އެކޮޅުކޮޅުން ޖަހާފައިވާ ވިޑިއޯ ކޮޅެެއް ހިއްސާ ކުރައްވާފައެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ހިމެނި ވަޑައިގަންނަވާ ގޮތަށް ބައެއް ބޭފުޅުން ޓެގް ކުރައްވާ ޝުއައިބު ވިދާޅުވީ "ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ކަމަށެވެ. ،މީގެއިރުރުން ޝުއައިބުގެ މެސެޖުގައި، "ނޯ ގޯތި، ނޯ ވޯޓް،" ކަމަށް ވެސް ލިޔުއްވާފައިވެއެވެ.
އެ ވިޑިއޯކޮޅުގައި ފެންނަނީ ޕޯޑިއަމެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށެވެ. އެ ވީޑިއޯކޮޅުގައި ވެސް ނަޝީދު ވިދާޅުވަނީ "ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ކަމަށެވެ.
"ޝުއައިބު، އަޅުގަނޑު އަބަދުވެސް ނުކުންނާނެ! އަދި މާލޭ މީހުންނަށް މިއީ ކޮން ކަމެއް ކުރާ ކާކުކަން އެނގޭނެ. މާލޭ މީހުންނަށް ކޮށްދިން ކަމެއް ދެންވެސް ކޮށްދޭނީ އަޅުގަނޑު ކުރީގައި ހުރެގެން... އަޅުގަނޑު ވެސް މާލޭ މީހުން ދަންނަން." ފުރަހަނި ޝުއައިބުގެ މެސެޖާއި މެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެން، ޝުއައިބަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ޝުއައިބު ޕޯސްޓް ކުރެއްވި އެ ވިޑިއޯކޮޅަކީ މިދިއަ މަޖިލިސް އިންތިހާބު ނޫނީ ފަހުން ބާއްވަން އުޅެ ނުބޭއްވިފައިވާ ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނުގެ ކެމްޕޭން ސްޕީޗެއްގައި އިދިކޮޅަށް ނިސްބަތް ކުރައްވާ ވިދާޅުވެފައިވާ އެތައް ވާހަކައަކުން ބުރިކޮށްފައިވާ ކުޑަ ތަންކޮޅެއް ކަމަށް ބެލެވެއެެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގައި ހުރި ދަތިތައް ފާހަގަކޮށް ސަރުކާރުގެ ސިޔާސަތު ތަކަށް ފަހަކަށް އައިސް ޝުއައިބު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު