ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން އެ ކުންފުނީގެ ހިއްސާދާރުން މިރޭ ފާސްކޮށް ނިންމައިފިއެވެ. ނިމިދިޔަ 2023 ވަނަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެކުންފުނީގެ 2023 ވަނަ އަހަރުގެ އާންމު ޖަލްސާގައެވެ.
2023 ވަނަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން 80 ރުފިޔާ ބަހަން ހުށަހެޅުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދުކަން ފާހަގަ ކުރެވެއެވެ.
މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް އަލްފާޟިލް މުހައްމަދު އަހުސަން ސަލީމް އަލުން އިންތިހާބުކޮށްފައިވެއެވެ. އަދި މިއަހަރު އެސްޓީއޯ އޮޑިޓް ކުރާ ކުންފުންޏަކަށް ޑެލޮއިޓް ހަމަޖައްސާފައިވެއެވެ.
2023 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ޓެކްސް ކެނޑުމަށްފަހު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވެސް އެ ކުންފުންޏަށް ރިކޯޑު އަދަދެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު