އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް
އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް
އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖޫން 23 ގައި ހައްޔަރުކުރި އުމުރުން 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.

އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި ޝަމްނާޒް ހިމެނޭގޮތަށް ޖުމްލަ 3 މީހެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައެވެ. ނަމަވެސް ތިން ވަނަ މީހާ ވަނީ މިދިޔަ ހަފްތާގައި ދޫކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްނާޒަށް ފުލުހުން ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތެވެ. އޭނާ ސިހުރު ހެދީ ސިޔާސީ ގޮތުން ރައީސް މުއިއްޒުއާ ކައިރިވުމަށް ކަމަށް ވަނީ އަޑު ފެތުރިފައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އަދި އާދަމް ރަމީޒްވެސް މިވަގުތު ހުންނެވީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން