މިވަގުތަކީ ގައުމުގެ ބޮޑުން އަރާރުންވެ ސަރުކާރު ބަލިކަށިކޮށް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭގޮތަށް "ފޮނު" އަރުވަންވީ ވަގުތެއް ނޫން ކަމަށް ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް، މުހަންމަދު ނަޝީދު އިސްވެ ހުންނަވައިގެން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ފެށުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. އެކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން އިބްރާހިމް ވިދާޅުވީ ކޮވިޑް ރޯގާގައި ޖެހި ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިވާ މި ވަގުތަކީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން އެ ހާލަތުން އަރައިގަތުމަށް އެހީތެރިވެ އަތުގުޅާލައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް މިވަގުތަކީ ހެސް ކިޔާފައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް އަމީން ވިދާޅުވިއެވެ.
"މިދަނޑިވަޅުގައި ރައްޔިތުން ބައިބައިކޮށް، ރާއްޖެ އާއި މެދު މާލީ އިދާރާތަކުގެ އިތުބާރު ގެއްލޭ ކަންކަން ކުރުމަކީ ވަގުތުގެ ފައިދާ ނަގައި ގައުމުގެ އިސްތިގުލާލް ހިސާރު ކުރުމަށް ބަޔަކަށް ލިބޭ ފުރުސަތަކަށް ވެގެން ހިގައިދާނެ." ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އަމީން މިހެން ވިދާޅުވެފަައިވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަނުން ވެސް ވަނީ ބުނެފައެވެ. ޓްރޭޑް ޔުނިއަނުން ބުނެފައިވަނީ ކޮވިޑްގެ މި ނާޒުކު ވަގުތު އެކަން ކުރުމަކީ ރާއްޖޭގެ އިގުތިސާދަށް އެންމެ ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ. އިގުތިސާދީ ގޮތުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން މިހާރު ކުރާ މަސައްކަތްތައް ވަޅުޖެހުނަ ނުދިނުމަށް ޓްރޭޑް ޔޫނިއަން އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު