ރައީސް ސޯލިހް މޯދީ އާއި ބައްދަލުކުރައްވަނީ
ރައީސް ސޯލިހް މޯދީ އާއި ބައްދަލުކުރައްވަނީ
މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށްޓަކައި މި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖްގެ މަޝްރޫއަށާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށްޓަކައި މި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 500 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު އަދި މާލެ ސަރަހައްދު ގުޅާލުމުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ. އެއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އިންޑިޔާ އިން ދިން އެހީތެރިކަމަށްޓަކައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ނިއްމާފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ އިންޑިޔާ ދެއްވި އެހީތެރިކަން ފާހަގަކުރައްވައި އެގައުމުގެ ބޮޑުވަޒީރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން