ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު ޒިފްލީނާ ހަސަން ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތް މައްސަލައިގައި އަމާޒުވި ފާޑުކިއުންތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.

ޒިފްލީން ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންނެވީ 3.5 މިލިއަން ރުފިޔާ އަށެވެ. އެކަމާ ހާމަވީ އެ ފްލެޓް ރަޖިސްޓްރީކުރުމާ ބެހޭ މައްސަލައިގެ ލިޔެކިއުންތައް ސިވިލް ކޯޓުން ހާމަކުރުމުން ނެވެ.

އެއާއެކު އެކި ތުހުމަތުތައްކޮށް ޒިފްލީނަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފޭސްބުކްގައި ޒިފްލީން ވިދާޅުވީ ހުޅުމާލޭގައި ހުރި އެޕާޓްމަންޓް ބިލްޑިންއަކުން އެ އެޕާޓްމަންޓެއް ގަނެފައި ވާނީ އޭނާއަށް ސްޓޭޓް މިނިސްޓަރގެ މަގާމު ދެއްވުމުގެ ކުރިން ކަަމަށެވެ. އަދި މަގާމާއި ހަވާލުވެ ވަޑައިގެން، ރައީސް އޮފީހަށް ހުށައެޅުއްވި އެސެޓް ޑިކްލަރޭޝަން ފޯމުގައި މި އެޕާޓްމަންޓްގެ މައުލޫމާތު ވެސް އޮންނާނީ ހިމަނާފައި ކަމަށް ޒިފްލީން ވިދާޅުވިއެވެ. ހަމަ އެހެންމެ މި މަހުގެ އަށް ވަނަ ދުވަހު އޭނާގެ ނަމަށް އެ އެޕާޓްމަންޓް ބަދަލުކޮށް ފައިސާ އަދާކުރައްވައި ނިންމާފައި ވަނީ އިމާރާތްކުރި ފަރާތާއި އެޗްޑީސީ އިން ކުރަންޖެހޭ އިދާރީ ކަންކަން ނިންމުމަށްފަހު ކަމަށް ޒިފްލީން ވިދާޅުވިއެވެ.

އެއާއެކު އެ ތަނުގައި ދިރިއުޅެމުން އަންނަތާ 4 އަހަރު ވެއްޖެ ކަމަށް ވެސް ޒިފްލީން ވިދާޅުވި އެވެ.

"އެޕާޓްމަންޓް އަޅުގަނޑު ހޯދާފައިވަނީ އަޅުގަނޑަށް ސްޓޭޓް މިނިސްޓަރެއްގެ މަޤާމު ލިބުނު ފަހުން ކަމުގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރާފައި ވާތީއާއި، އަދި އެއްވެސް ނޫހަކުން މައުލޫމާތު ހޯދުމަށް ގުޅާލުމެއްވެސް ނެތި ކަމުގައިވާތީ ހިތާމަކުރަމެވެ. އޮޅުން އަރާގޮތަށް މީޑިއާގައި މިވާހަކަ ލިޔުމުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ހިންގާ ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑު ބުނިކަމަށް ބުނެ، ބޭއަދަބީ ބަސްތައް ބޭނުންކޮށް އަޅުގަނޑުގެ ފޮޓޯ އެކިގޮތްގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތް ކޮށްފައިވާތީވެސް ހިތާމަކުރަމެވެ." ޒިފްލީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން