ރަޮޒައިނާއާއި ފައްޔާޒާއި ރައީސް ނަޝީދު
ރަޮޒައިނާއާއި ފައްޔާޒާއި ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު، ރައީސް ޞާލިހުގެ އެމްޑީޕީ ކޯލިޝަން ސަރުކާރަށް ފާޑުވިދާޅުވެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މެމްބަރު ރޮޒޭނާ އާދަމަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފިއެވެ.

އެމްޑީޕީގެ ގައުމި މަޖިލިސް މެންބަރުން ތިއްބަވާ "ވަޓްސްއެޕް" ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިސަރުކާރަށް އަދި އެންމެ ހައުސިން މަޝްރޫޢެއްގައި ވެސް ސޮއި ނުކުރެވޭ ކަމަށެވެ.

"އެންމެ އަންސޮލިސިޓެޑް ޕްރޮޖެކްޓެއް ވެސް އެވޯޑް ކުރެވިފައި ނެތް. ގުޅީފަޅު ޑިޒައިން ކުރީ މާލޭގައި ދިރިއުޅޭ މީހުންނަށް ނުވާ ގޮތަށް. ރައްޔިތުންނާއި ޕާޓީ އަދި ސަރުކާރު ދުރުވާތަން މިފެންނަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލައިގައި ސޮއި ކުރެއްވި މަޖިލިސް މެމްބަރުންނާ ދިމާ ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ހާއްސަކޮށް އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމާއި ޕީޖީގެ ނައިބު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)އާ "ނުބެހުމަށް" ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ތެރޭގައި "ބްރޯ" ހެދިގެން އުޅެގެން ނުވާނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި މަޖިލީހު ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަނީ ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ.



"ފައްޔާޒުގެ އިތުބާރު ނެތް ކަމަށް 30 މެމްބަރުން [ސޮއި ކުރިކަމަށް] ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނަކާ ނޫން. އަޅުގަނޑުވެސް މި ނުކުތީ [އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި]،" ރައީސް ނަޝީދު ގްރޫޕްގައި ހިއްސާ ކުރެއްވި މެސެޖްގައި ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ތެރޭގައި "ބްރޯ" ހެދިގެން އުޅެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ފަޔާވެސް މި ޕާޓީތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުތެރޭގައި އުޅުއްވާ." ނަޝީދު ލިޔުއްވާފައި ވެއެވެ.

ރައީސް ނަޝީދުގެ މި މެސެޖާއެކު، މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ކަމަކަށް ނުހެދުމަށް ވަރަށް އާދޭހާ އެކު އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތް ކުރާތަން ފެނުމަކީ، ރާއްޖޭގެ ޑިމޮކްރަސީއަށް ޖާގަ ލިބޭކަން ހާމަވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެ ގުރޫޕުގައި މިނިސްޓަރ ފައްޔާޒަށް ތުހުމަތުތަކެއްވެސް އަމާޒުކުރައްވާފައެވެ. އެގޮތުން ފައްޔާޒު ބޮޑާކަން ދައްކައި، މީހުންނަށް ނުފޫޒު ފޯރުވައިގެން ކޮންޓްރެކްޓްތައް ދީގެން، ތަރައްގީއަށް އައީ ލަސްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެގޮތަށް އެކަންވުމަށް ޖާގަ ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މެދުވެރިކޮަށް ޕީޕީއެމް މެމްބަރުންނަށް ގުޅުއްވަމުން ގެންދަވާކަމުގެ ތުހުމަތުވެސް ރައީސް ނަޝީދު ފައްޔާޒަށް ކުރައްވާފައިވެއެވެ.

"ފަޔާއަށް [ފައްޔާޒަށް] އިނގޭނެ ގަތްގަނޑު. ދެން ޖެހެންޏާ ޖެހެންވީ." ފައްޔާޒަށް ތުހުމަތު ކުރައްވާ ރައީސް ނަޝީދު ގުރޫޕަށް ފޮނުއްވި މެސެޖުގައިވެ އެވެ.

ނަމަވެސް އެ ގުރޫޕުގައި ފައްޔާޒު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އެގޮތުން އެއީ ދޮގެއްކަން ހުދު ރައީސް ނަޝީދަށް ވެސް އެނގިވަޑައިގެން ހުންނަވައި އަޅުވާ ދޮގު އިލްޒާމެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި 25 މެމްބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ވަނީ ފައްޔާޒުގެ ދިފާއުގައި ފާޅުގައި ތެދުވެވަޑައިގެންފައެވެ.

ރައީސް ނަޝީދު ވަނީ މެންބަރު ރޮޒައިނާ އާދަމް މިއަދު ކުރެއްވި ޓްވީޓްތަކަކަށް ވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ ގުރޫޕުގައި ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ރޮޒޭގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެކަން ކަށަވަރު" ކަމަށެވެ. އަދި އެމަނިކުފާނަކީ ކުޑަކުއްޖެއް ނޫން ކަން ދަންނަން ވާނެކަން ރައީސް ނަޝީދު ވިދާޅުވިއެވެ. ޕާޓީ ތެރޭ "ވަކި ޕަވަބޭސް" އާއި "ނެޓްވޯކް" ހަދައިގެން އުޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީ އެއްކައިރިއެއް ނުކުރެވޭނެ." ރޮޒޭނާއަށް އިޝާރަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކާއި ގުޅިގެން ރޮޒޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމެއްގައި ދެ ރައީސުންނަކަށް ނުތިއްބެވޭނެ ކަމަށެވެ. އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ، 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން 10 މެމްބަރެއްގެ ސޮއި ބޭނުންވާއިރު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންގެ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު


-15

ޒަރީރު

14-Aug-2020

އަންނި އަކީ މިހާރު ބަޔަކު ގަބޫލު ކުރާ މީހެއްނޫން އޭނަ އެހުރީ ވެރިކަމަށް ސިކުވެފަ


16

ޒަރީރު

14-Aug-2020

އަންނި އަކީ މިހާރު ބަޔަކު ގަބޫލު ކުރާ މީހެއްނޫން އޭނަ އެހުރީ ވެރިކަމަށް ސިކުވެފަ


-11

މަހުފޫޒް

14-Aug-2020

އައްނި އަކީ ބުނެގެން ނޫން 65 ރައްޔަތުން ދިނީ ރައްޔަތުން ބޭނުންވީ ރައީސް އިބޫ އަށް ވެރިކަން ކުރާން ފަސޭހަ ކޮށް ވައުދު ފުއްދަން މަގުފަހި ކުރަން އެކަން ރައްޔަތުން ކުރީ އަންނި ގެ ބަލާޔާ ހުރެ އެއްވެސް ކަމެއް ނުވެގެން އެއުޅެނީ މި ގައުމަށް އެހިގެ އަތެއް ދިއްކޮށްފާނެތީ ޗައިނާ އަށް ބަވާނަގަނީ އަމާ ހަނދާންވެގެންތަ


18

މަށޭކިޔާހޭ

14-Aug-2020

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގަ ރައީސް އިބޫގެ ނިންމުމަކީ އެމް.ޑީ.ޕީ އިން ހަމައެކަނި 35 ދާއިރާއަށް ވާދަކުރުން ބާކީ ދާއިރާތައް ކޯލިޝަންގެ އެހެން ޕާޓީތަކަށް ދޫކޮށްލުން. އެނިންމުން ގަބޫލުކޮށް އެން.ޑީ.ޕީ އިން ހަމައެކަނި 35 ދާއިރާއަށް ވާދަކުރިނަމަ މިހާރުގެ ކާމިޔާބީގެ % އިން ބަލާނަމަ އެމް.ޑީ.ޕީ އަށް ލިބޭނީ ގާތްގަޑަކަށް 26 ހަކަށް ގޮނޑި. މަޖިލީހުގެ ސްޕަރ މެޖޯރިޓީ އޮންނާނީ އެހެންޕާޓީ ތަކުގެ މުށުތެރޭ. ރައީސް އިބޫ ވެރިކަމުގަ ހުންނަން ބޭނުމިއްޔާ ޖެހޭނީ އެހެން ޕާޓީ ތަކުންބުނިހާ ކަމެއް ބުނިހާގޮތަކަށް ކުރަން ނުކޮށްފި ނަމަ އޮންނާނީ ވެރިކަމުންވައްޓާލާފަ.


7

މަށޭކިޔާހޭ

14-Aug-2020

އަންނިގެ ގަރާރަކުން ތަބަކަކަށްލާފަ އިބޫ އަށް ދިންވެރިކަމެއް. އިބޫގެ ނިންމުމާ ދެކޮޅަށް އަންނި ފާޅުގަ ނިކުމެ ހުރިހާދާއިރާ ތަކަކަށް ވާދަކުރަން ނިންމާ ކެމްޕޭން ކޮށް އަންނިގެ ބުރަމަސައްކަތުން އެމް.ޑީ.ޕީ އަށް 65 ގޮނޑި ކާމިޔާބުވީ. އަންނިގެ ބުރަމަސައްކަތުން ލިބުނު ވެރިކަމާއި މަޖިލިސް ސްޕަރ މެޖޯރިޓީގެ ބާރުގައި ދެމިއޮތް މިވެރިކަމުގެ މަގާމް ތަކަށް ސަވާރުވެ ތިބި މީހުންނަށް އަންނި ކުރި މަސައްކަތް މަތިން މިހާއަވަހަށް ހަނދާން ނެތިގެން އުޅޭއިރު ދުރުގައި ކުޅިބަލަން ތިބިމީހުންނަށް އެގިސާފްވާ ހަގީގަތަކީ އަމިއްލަ އެދުން ހުއްޓަސް ތިޔައީ ބޮޑުވަރުކަން.


10

ދަވާލި19

14-Aug-2020

ސިއާސީގޭމު ގެރިމޯދީއައް ގައުމުވިއްކާލަ މޯދީއަތުން ހޯދަމުންދާފައިސާގެ ކަންތައް މީޑިއާގެ ފަލަސުރުހީގަ ޖަހާފާނެތީ އެކަންތައް އޮއްބާލަން އިންޑިއާގެ ރޯއެޖެންޓުން ދަސްކޮށްދޭ ކުޅިވަރު ކުޅެނީ


5

ޙުއްތު

14-Aug-2020

2023 އަށް ފަލިޖަހަނީތޯ?



ޓްރެންޑިން