ރާއްޖެއިން މިއަދު އިތުރު 128 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 36 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 83 ދިވެހިންނާއި ބަނގްލަދޭޝްގެ 35 މީހަކާއި އިންޑިއާ 4 މީހުންނާއި ނޭޕާލް 2 މީހުންނާއި ސްރީލަންކާ 2 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިއަދު ބަލިޖެހުނު 128 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5494 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 36 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2920 ގައެވެ.
މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2553 ގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 93098 ސާމްޕަލް ވަނީ ނަގާފައެވެ.
މިވަގުތު އައިސޮލޭޝަންގައި ތިބީ 1476 މީހުންނެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 156 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ 8 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 ފަތުރުވެރިންނާއި 12 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި 128 މީހުންގެ ތެރެއިން 127 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން އެކަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 14 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ރާއްޖެ އިން ކޯވިޑް-19 ޖެހިގެން 21 މީހަކު ވަނީ މިހާތަަނަށް ނިޔާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު