ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މަރުޙޫމް ޙުސައިން ޝަރީފަކީ ތަޖްރިބާކާރު، އިޙުސާންތެރި، ޤައުމީ ޚިދުމަތްތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ މަރުޙޫމް ޙުސައިން ޝަރީފް އަވަހާރުވުމާ ގުޅިގެން މިއަދު ޢާއްމުކުރެއްވި ތައުޒިޔާގެ މެސެޖުގައެވެ.

އެގޮތުން ރައީސްގެ މެސެޖުގައި ވިދާޅުވީ މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. އޭގެއިތުރުން މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި ޙުސައިން ޝަރީފަކީ އިޙްސާންތެރި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މަރުޙޫމް ޙުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ." ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މަރުޙޫމް ޙުސައިން ޝަރީފް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، އަދި މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިޢުމަތުގައި ލެހެއްޓެވުން އެދި ދުޢާ ކުރަށްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓު ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށި ރިސޯޓުގެ ވެރިޔާ ހ. މިރިހި، ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ނިޔާވެފައިވަނީ ސިއްހީ މައްސަލައެއްގައި އައިޖީއެމްއެޗް އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން