އައްޑޫ ބްރިޖް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން
އައްޑޫ ބްރިޖް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން
މިހާރު ކުރިއަށްދަނީ އައްޑޫ ބުރިޖު މަޝްރޫއަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އައްޑޫސިޓީ ހުޅުމީދު އާއި ހިތަދުއާ ދެމެދު އަޅަން ނިންމާފައިިވާ ބްރިޖްގެ މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މިހާރު އެ މަޝްރޫއަށް ފައިސާ ހަމަޖެއްސުމަށް ހުށަހެޅި ފަރާތްތަކާ މަޝްވަރާކޮށްގެން ސަރުކާރަށް ބަލައިގަނެވޭ އަގެއްގައި އެ އިންތިޒާމް ހަމަޖެއްސުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ 19 ގައި މިސްރުގެ އަރަބް ކޮންޓްރެކްޓާސްއާ އެކީ ސޮއިކުރި އައްޑޫ ބްރިޖް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގެ ދަށުން މަޝްރޫއަށް ބޭނުންވާ ލޯނު ހޯދައި ދޭނީ އެ ކުންފުނިން ކަމަށާއި، ނަމަވެސް ލޯނު ނަގާނީ ސަރުކާރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެމްއޯޔޫގެ ދަށުން ފައިސާ އެރޭންޖުކޮށްދެނީ އެބޭފުޅުން. ސަރުކާރުން ލޯނު ނަގާނީ." ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން މި މަޝްރޫޢަށް ފައިސާ ހޯދާނެ ގޮތަކާމެދު އެއްބަސްނުވެވިއްޖެ ނަމަ އެކަން ކުރެވޭނެ އެހެން ފަރާތެއް ހޯދައިގެން މަސައްކަތް ކުރާނެ ކަމަށްވެސް ވަޒީރު މިއަދު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު އަރަބް ކޮންސްޓްރެކްޓާސް ކުންފުނިން އައްޑޫ ބުރިޖު ޑިޒައިން ކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މާޗު 10 ގައި ވަނީ ބުނެފައެވެ.

އައްޑޫސިޓީ ބްރިޖުގެ ސާވޭއަށް 30 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް ޑރ. މުޢިއްޒު ވަނީ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން