އާދައިގެ ދިރިއުޅުމެއް އުޅެން ރައްޔިތުންނަށް ނަސޭހަތް ދިނުމުގެ ކުރިން، ރައްޔިތުންގެ ފެންވަރަށް ސަރުކާރުގެ އިސްވެރިން ތިރިވެވަޑައިގެންފިނަމަ ރައްޔިތުން ހިތްހަމަ ޖެހިގެން އެކަން ގަބޫލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ގިނަ ދުވަސްތަކަކު ޚިދުމަތް ކުރަށްވައި އިސްމަގާމުތައް އަދާކުރައްވާފައިވާ އަނީސާ މިފަދައިން ވިދާޅުވީ، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވުމާ ގުޅިގެން އެ ވާހަކައަށް ރައްދުދެއްވައެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވެފައި ވަނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމަށްޓަކައިވެސް ހަރަދު ކުޑަ ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އާރިފް ވިދާޅުވެފައި ވަނީ، ހަރަދު ކުޑަ ކުރަން ބައެއް އިނާޔަތްތައް ކަނޑާލާ ކަމުގެ އަޑު ފެތުރޭ ކަމަށާއި، އެހެން ނަމަވެސް އެފަދަ ނިންމުމެއް ނުނިންމާނެ ކަމަށެވެ.

އާރިފްގެ ވާހަކައަށް ރައްދުދެއްވައި އަނީސާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ހަރަދު ކުޑަ ކުރުމަށްޓަކައި ފުރަތަމަ ސަރުކާރުގެ އިސްވެރިން ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ.



"ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭޙަތްތެރިވެ ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ތިޔަބޭފުޅުން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން ހިތްހަމަޖެހިގެން އެކަން ޤަބޫލުކުރާނެ." އަނީސާ ވިދާޅުވިއެވެ.

އާރިފްގެ އެ ވާހަކައަށް އާއްމުންގެ ނުރުހުން އިންތިހާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މުޅި ސޯޝަލް މީޑިޔާގައި އެ ވާހަކައަށް އާއްމުން ދަނީ ރައްދު ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އހމދ

29-Jul-2024

ބޮޑުމަގާމެއްގައި ހުންނައިރު ރއްޔަތުން މަތިންހަދާހުންނަނީ ކާކު


1

މުޙައްމަދު ޖަލީލު

29-Jul-2024

ޤައުމު ނުހިންގޭވަރަށް ޤައުމުގެ ދަރަނި ބޮޑުވެގެން މިއުޅެނީ ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ހުރިޖޮތުން ހެއްޔެވެ. ކަންކަން އޮޅުވާލައި ދެބޯގެރި ދުއްވުން ހުއްޓައިލައްވާށެވެ. ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ ސިޔާސީ މީހުންނަކީ ތެދުވެރި އިޚުލާސްތެރި ބަޔަކަށް ވެގެންނެވެ. ފާއިތުވި އަހަރުވެސް ސައުތުއޭސިޔާގައި އާބާދީ ބޮލަކަށްޖެހޭ ނިސްބަތް އެންމެނަތީ ޤައުމުތަކުގެތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.



ޓްރެންޑިން