ރާއްޖޭގެ ކަންކަން ގޯސްވިޔަ ނުދީ ރަނގަޅުކުރަން އަދިވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މުހިންމުކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ފައްޔާޒް ވިދާޅުވީ ވަރަށް ގިނަ ދުވަހު އެމްޑީޕީ ގިނަ ބަޔަކަށް ސިފަވެފައި އޮތީ ރައީސް ނަޝީދުގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ވަރުގަދަ ލީޑަރެއް ކަަމަށާއި އަދި ކުރިން އޮތް އަނިޔާވެރިކަން ނިންމުމަށް ވެސް އެފަދަ ވަރުގަދަ ލީޑަރެއް ވަރަށް ބޭނުންތެރި ކަމަށެވެ.
"އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ކަންކަން އަދިވެސް ގޯހަށް ދިޔަނުދީ ރަނގަޅު ކުރުމަށްޓަކާ ރައީސް ނަޝީދަކީ ވަރަށް ވަރަށް މުހިންމު ބޭފުޅެއް، [ރައީސް ނަޝީދަކީ] ވަރަށް ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ލިބިފައި ހުރި ބޭފުޅެއް އެއީ." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންފާނެ ކަމަށް ހިޔާލަށްވެސް ނުގެންނެވޭ ކަމަށެވެ.
ފައްޔާޒް ވިދާޅުވި ރައީސް ނަޝީދާއި ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅުން ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މިނިވަން ރައްޔިތަކު އުޅޭތަނެއްގެ ގޮތުގައި ހިފެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ޑިމޮކްރެޓްސްގެ ބޭފުޅުންނާއެކު އެކުގައި މަސައްކަތް ކުރުމަށް އަދިވެސް މަރުހަބާ ކިޔާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު