މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެގެން ބަޔަކު ފިލައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އަމީނީމަގު ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މައްސަލަ މިރޭ 22:34 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަަށް  ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަމަލާދީފައިވަނީ ދެ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް ފުލުހުން ބުނެ އެވެ.

ޒަހަމްވި މީހާާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން އަމީނީ މަގު ވިޔަފާރިވެރިން މިސްކިތް ކައިރީ ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން