ކޯވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ރޭ ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ރޭ ދަންވަރު 1:45 ގައި ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 22 އަށް އަރާފައެވެ.
ރޭ އިރާކޮޅު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 83 އަހަރުގެ ފިރިހެނަކު މަރުވެފައިވާއިރު އޭނާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ވަނީ މަރުވެފައި ކަމަށް އެޗްއީއޯސީން ރޭ ވަނީ ބުނެފައެވެ. އޭނާގެ ޓެސްޓު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެއީ އެ ބަލީގައި މަރުވި މީހެއް ކަމަކަށް އެޗްޕީއޭ އިން ނިއްމާފައެއް ނުވެއެވެ.
މި މަސް ފެށުނު ފަހުން މިހާތަނަށް ރާއްޖޭގައި ވަނީ ކޮވިޑް ޖެހިގެން ހަ ދިވެއްސަކު މަރުވެފަ އެވެ. އޭގެ ތެރެއިން ގިނައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ މީހުންނެވެ. ރާއްޖެ އިން މިހާތަނަށް ވަނީ 5،494 މީހަކަށް ބަލި ޖެހި 2،920 މީހަކު ބަލިން ރަނގަޅުވެފައެވެ. ބަލީގައި މިހާރު ވެސް 2،553 މީހަކު ފަރުވާ ހޯދަމުންދާއިރު ހޮސްޕިޓަލްތަކުގައި މިހާރު 156 މީހަކު ވަނީ އެޑްމިޓު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު