އިންޑިއާއިން ނަގާ ބޮޑު ދަރަންޏާއެކު ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާ އަށް އެރުން ގާތް ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ނުވަތަ 3.9 ބިލިއަން ޑޮލަރުގެ އެހީ އެއް އިންޑިޔާއިން ދިވެހި ސަރުކާރަށް ދޭން ވަނީ ނިއްމާފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ލޯނެއްގެ ގޮތުގައެވެ.
އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ވަބާ އެއްގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު އިނދަ ޖެހިފައިވަނިކޮށް ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ގައުމު ދަރުވާލުމަކީ ޒިންމާދާރު ކަމުގެ ކަންފުޅެއްވެސް ނެތް ކަން ހާމަވާ ކަމެއް ކަމަށެވެ.
" ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާ އަށް އެރުން ގާތް، މިހާރު ދަރަންޏަށް ކަންބޮޑުނުވަނީތޯ." ރައީސް ސޯލިހާއި ރައީސް ނަޝީދު ޓެގް ކުރައްވައި ސައީދު ސުވާލުކުރެއްވިއެވެ.
މީގެ އިތުރުން މިކަމާ ގުޅިގެން ޕީއެންސީގެ ނާއިބް ރަައީސް އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިޔާ އިން ދިން އެހީގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ ނުވާނެ ކަން ދިވެހި ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ލޯނުގެ ގޮތުގައި އިންޑިޔާ އިން ނެގި ފައިސާ ނުވަތަ ދަަރަނި އަދާކުރާނެ ގޮތް ހާމަކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ގޮވާލެއްވިއެވެ.
އޭނާ ވިދާޅުވީ އިންޑިޔާގެ އެހީގެ ޕެކޭޖް ސަރުކާރުން އިއުލާންކުރީ އިކޮންމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ސަރުކާރު ބަލިކަށިވެ މަޖިލިސް މެމްބަރުން ބައިބައިވެ ރައީސް ނަޝީދު ގަދަ ހިފުމަކަށް ދިޔަ ނުދިނުމަށް މެސެޖެއް ދިނުމަށްޓަކައި ކަމަށެވެ.
"މި ޑްރާމާ ގެ ސަބަބުން އަނެއްކާ ވެސް ސަރުކާރަށް އޮތް ރައްޔިތުންގެ ތާއިދު ދަށްވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އިންޑިޔާއިންވަނީ ކަރަންސީ ސްވޮޕެއްގެ ގޮތުގައި މީގެ ކުރިން 150 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ ހައެއް އިންސައްތަ އިންޓަރެސްޓުގައި ދީފައެވެ.
އިންޑިޔާއިން ބޮޑު ލޯނެއް ސަރުކާރުން ނަގާފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ސިނަމާލެ ބުރިޖު މަޝްރޫއާއި ހިޔާ މަޝްރޫއަށް ޗައިނާ އިން ބޮޑު އަދަދުން ލޯނު ދީ، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މީގެ ކުރިން ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އަދި އިންދިއާއިން ލޯނު ނެގިޔަސް އެއީ ދަރަނީގެ ދަންތުރައެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު