ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްދަނީ
ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްދަނީ
ކްރޮސް ސަބްސިޑީގެ މަޝްރޫޢުތަކުގައި ދޫކުރާ ބިމުގެ އަގަށް ލުއި ލިބޭނީ 10 މިލިއަން ޑޮލަރަށް ވުރެ ބިމުގެ އަގު ބޮޑުނަމަ ކަމަށް ކަނޑައަޅައި ކްރޮސް ސަބްސިޑީގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކްރޮސް ސަބްސިޑީ އަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ރަށެއް ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭ ގޮތަށް ފަތުރުވެރިކަމާބެހޭ ގާނޫނުގެދަށުން ފަރުމާ ކޮށްފައިވާ އުސޫލެކެވެ.

އެގޮތުން މި ސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރޮސް ސަބްސިޑީގެ އުސޫލަށް ގެނައި ބަދަލު ސަރުކާރުން މިއަދު ވަނީ އަލުން މުރާޖަޢާ ކޮށްފައެވެ.

މިދިޔަ ޑިސެންބަރުމަހު ސަރުކާރުން މިއުސޫލަށް ގެނައި ބަދަލުގައި ވަނީ މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު ދިނުމުން އެ ފަރާތަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދެވޭނެ ކަމަށެވެ.

ނަމަވެސް އެ އުސޫލު މުރާޖަޢާކޮށް، މިއަދު ގެޒެޓުކުރި އުސޫލުގައި ވަނީ ރަށަކަށް، ފަޅަކަށް ނުވަތަ ބިމަކަށް ޖެހޭ ޖުމުލަ އަދަދު 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާ ނަމަ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ އަދަދުގެ 50 އިންސައްތަ ދައްކަން ޖެހޭނެ ކަމަށެވެ.

އަދި ބާކީ ދައްކަންޖެހޭ ފައިސާ ބަހާލައިގެން އަހަރުގެ ނިޔަލަށް ދެއްކޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މި އުސޫލުގެ ފުރަތަމަ އެކުލަވާލިއިރު، ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދެނީ އެ ބިމަކަށް ޖެހޭ ޖުމުލަ އަގު އެއްކޮށް ދެއްކުމުންނެވެ.

އިޤްތިޞާދީ ގޮތުން ޤައުމު އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ދަނީ ޢާމްދަނީ ލިބެންހުރި ހުރިހާ ދާއިރާއަކުން އިތުރު ދޮރުތައް ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޖެކްޓެއް ދޫކުރަން ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން