އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިއަދު ހިންގަވަމުން ގެންދަވަނީ އެތެރޭގެ ބަޣާވާތެއްކަމަށް އެމްޑީޕީގެ ލީޑަރޝިޕްގައި އެތައް އަހަރަކު މަސައްކަތް ކުރެއްވި މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިސް ތެރެއިން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަކަށް ވަރަށްބޮޑަަށް ފާޑުވިދާޅުވެ ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޣާވާތަކީ ވަކި މީހަކު ކުރުމުން ވަކި މީހަކު ބާޣީއަކަށް ވާން އޮތްކަމެއް ނޫންކަމަށެވެ. ކޮންމެ މީހަކު ބަޣާވާތް ކުރަން އުޅުނަސް އެމީހަކު ވާނީ ބާޣީއަކަށް ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. އެމްޑީޕީއަކީ އަސާސީ ހަރުދަނާ ބޮޑު ސިޔާސީ ޕާޓީއަކަށްވާއިރު ޕާޓީގައި އަސާސީ ގަވާއިދާއި އާންމު އުސޫލުތަކެއްވެސް ހެދިފައިވާކަމަށް މޫސަ ވިދާޅުވިއެވެ.
މަޖިލީހުގައިވެސް އެތައް އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މޫސަ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެެއްގައި ޕާޓީގެ ސްލޮޓެއްގައި ހުންނަވާ ވަޒީރަކު މަޤާމުން ވަކިކުރެވޭނީ ކޮންގޮތަކަށްކަން އަސާސީ ގަވާޢިދުގައި ބަޔާން ކޮށްފައިވާނެކަމަށެވެ. ތިމާ ހިންހަމަ ނުޖެހުމުން، ތިމާ ބޭނުންވާ ގޮތަކަށް ކަންކަން ނުވުމުން ވަޒީރުން ބޭރުކޮށް މުޅި ޕާޓީ ހިސޯރުކޮށް ސަރުކާރު ހިސޯރު ކުރަން އުޅުމަކީ ބަޣާވާތް ކުރުންކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
"ބަޣާވާތް ކުރީމަ ވަކި މީހެެއްނޫން ބާޣީއަކަށް ވާނީ. އެމްޑީޕީގެ ވަޒީރުންގެ އިތުބާރު ނެތްކަމަށް ނެގުމުގެ މަސައްކަތެއް ފަށަން ޖެހޭނީ ޕާޓީގެ ޤައުމީ މަޖިލީހުން އެގޮތަށް އިޤުރާރުވެ ޤައުމީ މަޖިލީހުން ޕީޖީ ގްރޫޕަށް ރަސްމީކޮށް އަންގާފަ. މިހާރު އެމްޑީޕީގަ ތިހިންގެނީ އެތެރޭގެ ބަޣާވާތެއް." މޫސަ ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުގައި އެންމެ ބުރަކަށް ރައީސް ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފައްޔާޒު އިސްމާއިިލްގެ ނޯކޮންފިޑެންސް ވޯޓް ނެގުމަށް އެންމެ ކުރީގައި ހުންނެވީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މޫސަ ކުރެއްވި އިތުރު ޓްވީޓެއްްގައި ވިދާޅުވީ އަމިއްލަ ހައިބަތާއި ބާރު ހޯދުމަށް ނިކަމެތި ރައްޔިތުން ހާސްކަމުގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރުމަކީ މިދަނޑިވަޅުގައި ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ. މިއީ ވަކި މީހަކު ބާރުވެރިކަން ހޯދައި "ވެރިކަން ޖަހައިގަންނަން" މަސައްކަތް ކުރަންވީ ވަގުތު ނޫންކަމަށާއި، މިއީ ޤައުމުގެ މަސްލަހަތުގައި ތިމާގެ ތެދުވެރިކަން ދައްކަންވީ ވަގުތުކަމަށް މޫސަ ވިދާޅުވިއެވެ.
"ޤައުމު ފަޤީރުވެ ރައްޔިތުން ނިކަމެތިވެ މިދަނީ ރައްޔިތުންގެ ފައިސާއިން މުސާރަޔާ އިނާޔަތް ނަގައިގެން ތިބެގެން. ތިމާގެ ހައިބަތާ ބާރު ނުލިބިގެން ރައްޔިތުން ހާސްކަމުގެ ތެރެއަށް ގަންބަން ނޫޅެ މިގައުމުގެ ހަމަޖެހުމާ ސުލްހަމަސަލަސް ކަމަށްވިސްނަން ވެއްޖެނު؟" މަޖިލިސް ތެރެއިން ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ މޫސާ ކުރެއްވި ޓްވީޓްގައި ވެއެވެ.
ކޯވިޑް19ގެ މިހާލަތުގައި ރާއްޖޭގެ އިޤްތިސާދު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ޓުވަރިޒަމް ފުޅާކުރުން ކަމަށްވާއިރު މިކަން ކުރެވޭނެކަމަށް އެންމެބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީވެސް ރައީސް ނަޝީދުކަމަށް މޫސަ ވިދާޅުވިއެވެ. އަވަށްޓެރި ސްރީލަންކާއަށް އިނގިރޭސި ފަތުރުވެރިން ދާއިރު، ރައީސް ނަޝީދު އެންމެ ގާތްކަމަށް ވިދާޅުވާ އިނގިރޭސި ވިލާތުގެ ފަތުރުވެރިން ރާއްޖެ ނާންނަންވީ ސަބަބާއިމެދު ސުވާލު އުފައްދަވައި މޫސަަ ވަނީ އިނގިރޭސި ޓުވަރިސްޓުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.
"އިނގިރޭސިވިލާތާ އެހާ ރައްޓެހި ކޮންޒަރވޭޓިވް ޕާޓީއާ އެމްޑީޕީއާ އެހާގާތް؟ އަންނިއާ ބޮރިސްޖޯންސަންއާ އޮންނަ ގުޅުމުގެވާހަކަ ދައްކާލާއިރު ހީބިހިނަގާ ވަރުވޭ؟ މިފެށޭ ހަފްތާގަ ލަންކާއަށް އިނގިރޭސި ފަތުރުވެރިން އަންނަންފަށަނީ.ފައްޔާޒްކަންތަށްހުއްޓާލާފަ މިކަމާއުޅެންވީނު؟" ރީކޯ މޫސާ ވިދާޅުވެފައި ވެއެވެ.
މިނިސްޓަރ ފައްޔާޒުގެ ނޯކޮންފިޑެންސް ވޯޓާއިއިއެކު ރައީސް ނަޝީދަށް އެމްޑީޕީ ތެރެއިން ވެސް ގިނަ ބައެއްގެ ނަފްރަތާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު