އަހުޒަމް އަޙްމަދު   19 ޖުލައި 2024 - 14:45
މ. މުލީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި އެވެ.

މ. މުލީގައި ކަރަންޓު ދިނުމަށް ބަހައްޓާފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް މިދިޔަ ބުދަ ދުވަހުގެ ހެނދުން ފެށިގެން އޮތީ ކެނޑިފަ އެވެ.

އެހެންވެ ފަހުން ވަނީ އިތުރު 600 ކިލޯވަޓުގެ އައު ޖަނަރޭޓަރެއް ރަށަަށް ގެންގޮސް އެ ޖަނަރޭޓަރު އިންސްޓޯލްކޮށްފަ އެވެ. އެ ޖެނެޜޭޓަރު އެންމެ ފަހުން އިންސްޓޯލްކުރީ ފ. އަތޮޅުން ޓީމެއް ގޮސްގެން ނެވެ.

އެގޮތުން މުޅި ރަށަށް އަލުން ކަރަންޓު ދެވުނީ ރޭ ދަންވަރު ތިނެއް ޖަހާ ކަންހާއިރު ކަަމަށް މުލީ ކައުންސިލުން ބުނެއެވެ.

މުލިން ކަރަންޓު ކެނޑިފައި ދއޮންނަތާ ދެ ދުވަސް ވެފައި ވަނިކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެކަމާ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން