ރޮޒައިނާގެ ދެމަފިރި ކަނބަލުން ރައީސް ޞާލިޙުގެ ދެފަރާތުގައި؛ ދެބޭފުޅުންނަކީވެސް ރައީސް ޞާލިޙުގެ ވެރިކަން ދިފާޢުކުރަން ފާޅުގައި މަސައްކަތް ކުރައްވާ ދެބޭފުޅުން
ރޮޒައިނާގެ ދެމަފިރި ކަނބަލުން ރައީސް ޞާލިޙުގެ ދެފަރާތުގައި؛ ދެބޭފުޅުންނަކީވެސް ރައީސް ޞާލިޙުގެ ވެރިކަން ދިފާޢުކުރަން ފާޅުގައި މަސައްކަތް ކުރައްވާ ދެބޭފުޅުން
ސިޔާސީ މަސައްކަތުގައި ޔެސް ބޮސް ކިޔަން ދަސްވެފައި ނެތްކަމަށާއި، ޒަމީރު ޤަބޫލުނުކުރާ ކަންކަމުގައި ބުނަން ބޭނުންވާ އެއްޗެއް ބުނަމުންދާނެ ކަމުގައި ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މެންބަރު ރޮޒައިނާ އާދަމް ހޫނު ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ރައީސް ނަޝީދުގެ ބާރު އޮތްކަން ހާމަކުރައްވައި ބައެއް ވަޒީރުންނަށާއި، މެމްބަރުންނަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ "ޔެސް ބޮސް" ކިޔުމަކީ ސިޔާސީ ހަޔާތުގައި ކުރިއަށްދާން ދަސްވެފައި ނުވާކަމެއްކަމަށެވެ. ސިޔާސީ ގޮތުން ކުރިއަށް ދެވޭނީ އަބަދު "ޔެސް ބޮސް" ކިޔައިގެން ކަމަށްވާނަމަ އެކަން ނުކުރައްވާނެކަމަށް ރޮޒޭ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަތަކަށް އަމާޒުކޮށް ރޮޒޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބައްޓަން ވެފައި އޮތްކަމުގައި ވީނަމަވެސް ސިޔާސީ ގޮތުން ވަކި މީހެއްގެ ފައިބުޑަށް ނުވެއްޓޭނެ ކަމަށެވެ. އަދި ވިދާޅުވާން ބޭނުންވާ އެއްޗެއް ސާބިތު ކަމާއިއެކު ވިދާޅުވާނެކަމަށާއި، އެކަމުގައި ފަހަތަކަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ. އެކަން ހުއްޓުވަން ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަކުރި ކަމުގައި ވީނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވެ ރޮޒައިނާގެ ހޫނު ރައްދެއް ވަނީ ރައީސް ނަޝީދަށް ދެއްވާފައެވެ.

"ޔެސްބޮސް ކިޔަން ދަސްވެފަ ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އަޅުގަނޑަށް ދިމާވެފައި އޮތް ބޮޑު ދަތިކަން. މިހެން މިކަން އޮތަސް، ފުރައްސާކުރިޔަސް، ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއިއެކު ހަމަ ބުނަމުންދާނީ. ވާ އެއްޗެއްވާނެ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ޤައުމަށް ހެޔޮ އެދިވަޑައިގެން މަސައްކަތް ކުރައްވާނަމަ އެމަސައްކަތެއްގައި އެންމެ އަރިހުގައި ހުންނަވާނެކަމަށެވެ. އެހެން ނަމަވެސް މިއަދު އެ ކުރައްވާފަދަ ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނަމަ އެކަންކަމާއި ފާޅުގައި ދެކޮޅު ހައްދަވާނެކަމުގައި ވެސް ރޮޒައިނާ ވިދާޅުވެފައި ވެއެވެ. އަދި އެފަދަ ކަންކަމަަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާނެކަމަށްވެސް ރޮޒޭ ވިދާޅުވިއެވެ.

"ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކޮންމެ ޤައުމަށް ފައިދާހުރި ރަނގަޅު ކަމެއްގައި ރައީސް ނަޝީދުގެ ފަހަތުގައި އެންމެ ގާތުން މަސައްކަތް ކޮށްދޭން ހުންނާނަން. އެކަމަކު އަޅުގަނޑުގެ ޒަމީރު ޤަބޫލުނުކުރާ ކަންތައްތަކުގައި ދެކޮޅު ހަދާނަން. އަދި ބުނަންވެސް ބުނާނަން. އެއީ ރައީސް ނަޝީދާއި އެއްވެސް ޒާތީކަމެއް އޮވެގެން ނޫން." ރޮޒޭ ޚިޔާލު ފާޅު ކުރައްވަމުން ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ނޯކޮންފިޑެންސް ވޯޓާއި ގުޅިގެން ރައީސް ނަޝީދަށް ފާޅުގައި ފާޑުވިފާޅުވެ ކަން އޮތްގޮތް ހާމަކޮށްދެއްވަން ކެރިވަޑައިގެންނެވި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މަދު މެމްބަރުންގެ ތެރެއިން އެއްމެމްބަރަކީ ރޮޒައިނާއެވެ. ސިޔާސީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް އަންނާނެ ފިއްތުމަކަށް ބެއްލެވުމެއްނެތި ރޮޒައިނާ ގެންދަވަނީ ވަރަށް ފާޅުގައި މިކަމާއި ދެކޮޅުކަން ހާމަކުރައްވައި މިހާލަތުގައި ޤައުމަށް ފައިދާހުރި މަސައްކަތެއް ކުރެއްވުމަށް ރައީސް ނަޝީދަށް ގޮވާލައްވަމުންނެވެ.

ރޮޒޭ ވިދާޅުވި ފަދައިން ރައީސް ނަޝީދުގެ ފިކުރާ ދެކޮޅަށް ފާޅުގައި ރޮޒޭ ފާޅުކުރައްވާ މިފަދަ ޚިޔާލުތަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ވަރަށްބޮޑަށް ފާޑުކިޔައި ޖެއްސުންކޮށް ޒާތީ ގޮތުން ވެސް ރޮޒޭއާއި ދިމާކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


4

ާއިބުރޭ

16-Aug-2020

އަސްލު ރައީސް ނަޝީދު ގެ ޚިޔާލާއި ދެކޮޅަށް ފާޅުގައި އެއްޗެއް ބުނަން އެކެރެނީ އެމްޑީޕީގެ ފިކުރު ވީމަ އެއީ ޑިމޮކްރަސީ ތަފާތު ޚިޔާލުގެ ތެރެއިން ގިނަ މީހުން އެއްބަސްވާގޮތް ހޯދުން ވީމާ މަދު މީހުން ޚިޔާލު ހުށައަޅާ ފަރާތަކާއި (ރޮޒޭނާ) އާއި ދިމާ ކުރާ ކޮންމެ އެމްޑީޕީގެ މެމްބަރަކީ އަސްލު އެމްޑީޕީ ފިކުރުގެ ބައެއްކަމަށް ނުދެކެން އެހެނީ މިނިވަން ޚިޔާލު ފާޅުގައި ބުނުން ހުއްދަ އޮންނަ ފިކުރަކީ ހަމައެކަނި ހަޤީގީ އެމްޑީޕީ ފިކުރު އަހަންނަކީވެސް ރައީސް ނަޝީދު އަށާއި އެމްޑީޕީ ފިކުރަށް ތާއިދު ކުރާ ޕާޓީ އުފެދުނު އިރުއްސުރެ މެމްބަރެކޭ


9

މަރިޔަމް މަރީ

16-Aug-2020

ރޮޒޭނާތީބޮޑުބާގީއެއް މަޖިލީހުގެރައީސް ރޮޒޭނާބަލާގަރިމަ އެމްޑީޕީމީހުން ރޮޒޭނާބަލާގަތި ކޮންޔެސްބޮސްއެއްތަ އެމެންޕީއާރުސީގެ ލާރިގަޑުކާލާފަހުރި މީހެއް



ޓްރެންޑިން