ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެބޮޑު ޚިޔާނާތްކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޕީޖީގެ މަޤާމުގައި ހުސެއިން ޝަމީމް ހުންނަވައިގެން އުފުލޭ ކޮންމެ ދައުވާއެއް ވާނީ ބާތިލް ދައުވާއަކަށް ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ދިގު ލިސްޓުގެ ތެރެއިން ރޭ މެންދަމުން އަލިވެ ބާރަޖަހަން އުޅެނިކޮށް ކުރީގެ ފިނޭންސް މިނިސްޓަރ އަދި ފަހުން ނައިބުރައީސްގެ މަޤާމުވެސް ފުރުއްވި ޢަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރާއި، ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މިމައްސަލާގައި އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވި ބޭފުޅާ ހުންނަވައިގެން މިމައްސަލާގައި އުފުލޭ އެއްވެސް ދައުވާއެއް ސައްހަ ނުވާނެކަމަށެވެ. ޕީޖީ ޝަމީމަކީ މިމައްސަލައިގެ އެންމެބޮޑު ތުހުމަތު ތަކެއް ކުރެވި ޖަލަށް ހުކުމް ކުރެވިފައިވާ ކުރީގެ ނާއިބްރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ ޤާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅަކަށްވާއިރު ޤާނޫނީ ގޮތުން މިދައުވާތައް މިއަދު ޝަމީމަށް އުފުލޭނެ އެއްވެސް ހަމައެއް އޮތްކަމަށް ޤަބޫލު ނުކުރެވޭކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ޕީޖީ އަކަށްޝަމީމު ހުރެގެން އެމް.އެމް.ޕީ.އާރު.ސީ އާ ގުޅިގެން އުފުލާ ކޮންމެ ދައުވާއެއް ވާނީ ބާތިލް ދަޢުވާއަކަށް. ސަބަބަކީ އެމް.އެމް.ޕީ.އާރު.ސީ މައްސަލައިގައި އަދީބާ ޒިޔަތުގެ ވަކީލަކީ ޝަމީމް. އެހެންވީމާ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވާނީ ބާތިލް ދަޢުވާ ތަކަކަށް." އަބްދުއް ރަހީމް ވިދާޅުވިއެވެ.

މިމައްސަލާގައި ކަން ހިނގާފައިވާ ގޮތަށްބަލާއިރު ޕްރޮސެކިއުޓަރު ޖެނެރަލްގެ މަޤާމުގައި ހުންނެވި ހުސައިން ޝަމީމަށް އޮތް އިތުބާރު ގެއްލި އޭނާ މަގާމުން އިސްތިއުފާދޭން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މީގެ ކުރިން ތަކުރާރުކޮށް ބުނެފައެވެ. އެގޮތުން ޝަމީމާ ގުޅޭގޮތުން ބާ ކައުންސިލަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެމްއެމްޕީއާރުސީން ދޫކުުރި ކޮންމެ ޗެކެއްގައި ސޮއިކޮށްފައިވަނީ އޭރުގެ އެމްޑީ ޒިއަތު ކަމަށާ އެފަދަ ބޭފުޅެއްގެ ދިފާޢީ ވަކީލެެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކު މިއަދު ޕީޖީގެ މަގާމުގައި ހުންނަވައިގެން އެހެން ބައެއްގެ މައްޗަށް ދައުވާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ. އެމްއެމްޕީއާރުސީގެ މައްސަލަޔަކީ އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަކަޔަކަށްވާއިރު މިމައްސަލާގައި ވަކި ބަޔަކަށް އަމާޒުކޮށް ވަކިބައެއްގެ މައްސަލަތައް ބަލަމުންދާކަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ޕީޖީ ޝަމީމު ވަނީ އަދީބާއި ޒިޔަތުގެ އިތުރުން ވެސް އެޚިޔާނާތުގައި ތުހުމަރު ކުރެވޭ އެންމެ އިސް ފަރާތްތަކުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އޭރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީޑިއާއަށް އިންޓަރވިއު ދެއްވަމުން "އަޅުގަނޑަކީ އަދީމާއި ޒިޔަތުގެ ވަކީލު" ކަމަށް ޕީޖީ ޝަމީމު ވަނީ ވިދާޅުވެފައެވެ. އަދި އެ ޚިޔާނާތުގައި ހިމެނޭ ބޭފުޅެއްގެ މަސައްކަތުގައި އިނގިރޭސި ވިލާތަށް ވަޑައިގެން މަސައްކަތް ކުރެއްވި ކަމަށާއި އެމީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ޝަމީމު ބޭނުން ކުރެއްވި ކަމަށްވެސް ބާކައުންސިލަށް އަމިއްލަ ފަރާތަކުން ހުށައެޅި މައްސަލައިގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން