ކްރޮސް ސަބްސިޑީ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން ހުޅުވާލައިފިއެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް 6 ރަށެއް ދޫކުރުމަށް ކުރީގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި ސަރުކާރުން ވަނީ އެ 6 ރަށުގެ ތެރެއަށް ނ. ދެކެނެންފަރާއި ނ. ދިގުފަރު އިތުރުކޮށްފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށާއި ބިމާއި ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ކްރޮސް ސަބްސިޑީ އަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ރަށެއް ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭ ގޮތަށް ފަތުރުވެރިކަމާބެހޭ ގާނޫނުގެދަށުން ފަރުމާ ކޮށްފައިވާ އުސޫލެކެވެ.
ސަރުކާރުން މިހާރުވަނީ ކްރޮސް ސަބްސިޑީގެ މަޝްރޫޢުތަކުގައި ދޫކުރާ ބިމުގެ އަގަށް ލުއި ލިބޭނީ 10 މިލިއަން ޑޮލަރަށް ވުރެ ބިމުގެ އަގު ބޮޑުނަމަ ކަމަށް ކަނޑައަޅައި އުސޫލަށް ބަދަލުގެނެސްފައެވެ.
އެގޮތުން އެއްފަހަރާ 50 އިންސައްތައަށްވާ ފައިސާ ދެއްކުމުން ބިން ޙަވާލުކުރާއިރު ބާކީ ފައިސާ އަހަރު ނިމުމުގެ ކުރިން ދައްކައި ޚަލާސްކުރަން ޖެހެއެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޖެކްޓެއް ދޫކުރަން ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު