އެޗްޕީއޭގެ އަމުރާއި ޚިލާފްވި އަންހެނަކު އައްޑޫއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފް ވުމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. މިމީހާ ހައްރުކޮށްފަައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ސ.ފޭދޫ އިންކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތުގެ ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޯވިޑް19 އާއި ގުޅިގެން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި މިފަދަ އަމުރުތަކާއި ޚިލާފްވާ މީހުންނާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދޭތެރެ ދޭތެރެއިން ކަރަންޓީންގައާއި އައިސޮލޭޝަން ފެސިލިޓީތަކުންވެސް މީހުން ފިލައިގެން ހޯދުމުގެ މަސައްކަތް ފުލުން ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން