އާރަށު ތިލައިން އެންވެރިކަން ކުރަމުންދިޔަ ދޯނި ކޯސްޓްގާޑުން ހުއްޓުވަނީ
އާރަށު ތިލައިން އެންވެރިކަން ކުރަމުންދިޔަ ދޯނި ކޯސްޓްގާޑުން ހުއްޓުވަނީ
މާލެއަތޮޅު އާރަށު ތިލައިން އެންވެރިކަން ކުރަމުންދިޔަ ދޯންޏެއް ސަލާމަތީ ޚިދުމަތްތަކުން ހުއްޓުވައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ބުނީ މާލެ އަތޮޅު އާރަށު ތިލައަކީ ޒަމާނުންސުރެ މަސްވެރިން އެންވެރިކަން ކުރަމުން އައި ތިލައެއް ކަމަށެވެ.

ނަމަވެސް އެތިލައިން މިއަދު އެންވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑާއި ފުލުހުން ވަނީ އެންވެރިކަން ކުރަމުން ދިޔަ ދޯންޏެއް ހުއްޓުވާފައި ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.



އެކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގެ މަޢުލޫމާތު ޗެކް ކޮށްލެއްވުމަށްފަހު ޙިއްސާ ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން