ޖަލު ޙުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނިކޮށް ޕީޕީއެމުން އެމަނިކުފާނާ ދެކޮޅަށް ދެ ބަޣާވާތެއް ކޮށްފައިވާ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓްގެ އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް ޕީޕީއެމުން އެމަނިކުފާނާ ދެކޮޅަށް ދެ ބަޣާވާތެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ބަޢާވާތުގެ މައްސަލަ ހިމޭންކަމާއެކު ނިމުމަކަށް ގެންނެވީ އެމަނިކުފާނަށް ފުރަތަމަ އިއްވި ޖަލު ޙުކުމުން މިނިވަންވެ ވަޑައިގެން ގޭގައި ހުންނެވި ދުވަސްތަކުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޖަލަށް ގެންދިއުމުންވެސް ކުރީ ބަޣާވާތް ކަމަށާއި އެކަމާ ދެކޮޅަށް ތެދުވި މީހުންވެސް ހުއްޓުވާލީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“ދެންވެސް ކުރީ ބަޣާވާތް. އެމީހުންގެ ފަރާތުން ކޮންމެވެސް ބަޔަކު ނުކުމެ މަސައްކަތް ކުރި ހެޔޮހިތުން، އެކަމަކު އެވެސް ހުއްޓުވައިލީ.” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލު ޙުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނިކޮށް އެމަނިކުފާނާ ދެކޮޅަށް މަސައްކަތްކުރި މީހުން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން އެފަރާތްތަކުގެ ނަންތައް ހާމަކުރަށްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
“ހައިކޯޓުގައި އަޅުގަނޑުގެ މައްސަލަ ކުރިއަށް ދިޔައިރު އޭގެ ތެރެއަށް އަތްބާނާ ގެއްލުންދޭން މަސައްކަތްކުރީ މިހާރު ތިޔަ ގަރުދިޔަ ޖަގަހައިގައި މަސައްކަތްކުރާ އިސްބޭފުޅުންގެ ތެރެއިން ކޮންބައެއްކަން. ފުލް ލިސްޓް އެބައޮތް. ދިވެހިރާއްޖޭގެ މިކަހަލަ ކަންކަމުގައި އަދިވެސް ރައީސް ޔާމީން ކައިރީގައި ވާހަކަ ބުނާ މީހުން މަދެއް ނުވާނެ.” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެ ވަޑައިގެން މާގިނަދުވަސްތަކެއްނުވެ ޕީޕީއެމް ދެބައިވެ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީއެއް އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު