ފ.ނިލަންދޫ ބަނދަރު ސަރަހައްދު: އެރަށުން ދެމީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ
ފ.ނިލަންދޫ ބަނދަރު ސަރަހައްދު: އެރަށުން ދެމީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ
ފ.އަތޮޅު ނިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ފ.އަތޮޅުގެ ވެރިކަން ކުރާ ރަށް، ނިލަންދޫ އިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެ އިން އެރަށައް ގޮސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. އެޗްއީއޯސީއިން ބުނީ، ފ އަތޮޅު ނިލަންދޫއިން ޕޮޒިޓިވްވެފައިވަނީ 2 ފިރިހެނުން ކަމަށެވެ. އެއީ 30 އަހަރާއި، 43 އަހަރުގެ 2 ފިރިހެނުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އެޗްއީއޯސީން ބުނީ، ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު، އެރަށް މޮނިޓަރިންގއަށް ލެވިފައިވާ ކަމަށެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލް މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީނުގައިތިބި ދެމީހުން ކަމަށެވެ. އަދި އެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ހޯމް ކަރަންޓީން މުއްދަތު ހަމަވެ އިއްޔެ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސުންކު (ސާމްޕަލް) ނަގައި މިއަދު ނަތީޖާ ލިބުމުން ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އެ މީހުންގެ ނަތީޖާ ލިބުނީ މިއަދު އަސްރު ނަމާދަށް ފަހުކަމަށް ނިލަންދޫ ކައުންސިލުން ބުނެ އެވެ.

އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ހޮސްޕިޓަލާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ކައުންސިލް މެމްބަރު ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން