ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހަކާއި ބައްދަލުވެފައި ވާތީ އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު އަމިއްލަ ގޭގައި ކަރަންޓީން ވެވަޑައިގެންފިއެވެ.

ޑރ.ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އާއި ބައްދަލުވި އާއިލާ މެންބަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށާއި އުސޫލުތަކާއި އެއްގޮތައް މިހާރު ގޭގައި ކަރަންޓީން ވެވަޑައިގެން ހުންނެވި ކަމަށެވެ. ޑރ.ނަޒްލާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެއެވެ. އޭނާ ވިދާޅުވީ ގޭގައި ހުންނަވައިގެން ވެސް ތާވަލް ކޮށްފައި އޮތް ގޮތައް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޑރ.ނަޒްލާ އާއި އެމީހާއާއި ދިމާވި ދުވަހެއް ހާމަކޮށްފައި ނުވާއިރު، ނަޒްލާވަނީ މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށްވެސް ވަޑައިގެންފައެވެ. އަދި އެޗްއޯއީސީގެ ބައްދަލުވުންތަކުގައިވެސް ނަޒްލާ ބައިވެރިވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން