ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުމަށް ވަޒީފާތަކެއް ހުޅުވާލައިފި އެވެ.

ފުލުހުންގެ ހިދުމަތުން އިއުލާންކުރީ ކޮންސްޓެބަލް ވަޒީފާ އަށެވެ. މިއީ ސާޖަންޓް ގްރޭޑް އެކެއްގެ މަގާމެވެ. އަދި ފުލުހުންގެ އެންމެ ދަށް ރޭންކުވެސް މެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހަކަށް ވުން ހިމެނެ އެވެ. އަދި ފިިރިހެނަކު ނަމަ އިސްކޮޅުން 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 ފޫޓް ހަމަވާން ޖެހޭއިރު އޯލެވެލް އިމްތިހާނުގެ ދެ މާއްދާއިން ސީ ފާސް އަދި އެސްއެސްސީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން ސީ ފާސް ލިބިފައިވުން ވެސް ހިމެނެ އެވެ.

އެ މަގާމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 18،700 ލިބޭނެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ އެކަކާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން