ބާ ކައުންސިލުން އޭޖީ ވަކިކުރުމުގެ ބަހުސް މަޖިލީހުގައި ފަށައިފިއެވެ.
މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ، ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފެވެ.
މި ބިލު ހުށައެޅި މަޤްސަދެއްކަމަށް ސަރުކާރުން ބުނެފައިވަނީ ބާ ކައުންސިލްގައި ބަންޑާރަ ނާއިބު ނުހިމަނާގޮތަށް އުސޫލު ބަދަލު ކުރަން ނިންމީ، ބާ ކައުންސިލަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކައުންސިލަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.
އެހެންކަމުން ސަރުކާރުން ހުށައެޅި އިސްލާހުގައި ވަނީ ބަންޑާރަނާއިބުގެ މަގާމުގައި ހުންނަ މީހަކު ބާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ގާނޫނުން އުނި ކުރުމާއި، ބާ ކައުންސިލަށް ހަތް ވަކީލުން އިންތިހާބުކުރާ ގޮތަށް ގާނޫނު ބަދަލު ކުރުމަށެވެ.
ހަމައެއާއެކު ބާ ކައުންސިލަކީ ގާނޫނީ ވަކީލުންގެ ފަރާތުން އެމީހުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލަކަށް ހެދުމަކީވެސް މި ބިލު ހުށައެޅި މަޤްސަދެއް ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުންވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް އެ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު