ފ.ނިލަންދޫ
ފ.ނިލަންދޫ
ފ. ނިލަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްއީއޯސީ އިން ރޭ ބުނީ، އެރަށުން އެންމެ ފަހުން ޕޮޒިޓިވްވީ، އުމުރުން 36 އަހަރުގެ އަންހެނަކާއި 56 އަހަރުގެ އަންހެނަކު ކަމަށެވެ. އެއީ ވެސް މާލެ އިން ނިލަންދުއަށް ގޮސް ހޯމް ކަރަންޓީން ނިންމުމަށް ފަހު ކޮވިޑަށް ޓެސްޓު ކުރި ބައެއް ކަމަށް އެޗްއީއޯސީން މައުލޫމާތުދެ އެވެ.

ނިލަންދޫ އިން ޕޮޒިޓިވް ވި މިދެ މީހުންނަކީ ވެސް ކުރިން ޕޮޒިޓިވްވި އަންހެން މީހާގެ އާއިލާގެ މެމްބަރުންނެވެ. އަދި އެމީހުން ކަރަންޓީނުވެފައި ތިބީ އެއް ތަނެއްގައި ކަމަށް "ރަސް އޮންލައިން." އަށް މައުލޫމާތު ލިބިފައިވެއެވެ.

އެޗްއީއޯސީއިން މީގެ ކުރިން ބުނެފައިވަނީ ނިލަންދޫގައި ހޯމް ކަރަންޓީން ފުރިހަމަކުރި، އުމުރުން 30 އަހަރާއި 43 އަހަރުގެފިރިހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ.

ނިލަންދޫން ފުރަތަމަ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވުމާ އެކު، އެ ރަށަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހަދަން މިހާރު ވަނީ ފަށައިފަ އެވެ. ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ފ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާލައި މަރުކަޒު ވަނީ ބަންދުކޮށްފައެވެ.

ނިލަންދޫގެ އިތުރުން ކޮވިޑް ބަލީގެ މީހުން މާލެ ސަރަހައްދު ފިޔަވައި ދެން ފެނިފައި ވަނީ ހއ. ކެލާ އާއި ހއ. އިހަވަންދު އާއި ހއ. ފިއްލަދު އާއި ހދ. ނާވައިދު އާއި ރ. ހުޅުދުއްފާރާއި ބ. ކަމަދު އާއި ބ. ކުޑަރިކިއްޔާއި ޅ. ހިންނަވަރާއި، އެއަތޮޅު ނައިފަރާއި ކ. މާފުއްޓާއި، ކ. ތުލުސްދު އާއި ވ. ފުލިދު އާއި ފުވައްމުލަކާއި އައްޑޫ ހިތަދޫ އަދި ފޭދޫ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން