މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައެޅުއްވި އަޙްމަދު މުނައްވަރު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ އޭނާގެ އިންޓަވިއު މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށް ގެންދެވޭ ގޮތްނުވެ މަސައްކަތަށް މަޑުޖެހުމެއް އަތުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި އަހުމަދު މުނައްވަރު ގަވަރުނަރުކަމަށް އައްޔަން ކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވީ އިއްޔެއެވެ. އަދި އެމައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައި ވަނީ މިއަދުއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ މިއަދު މުނައްވަރާ އިންޓަވިއު ކުރެއްވުމަށް ވިސްނަވައިގެން ހުންނެވި ކަމަށާއި ނަމަވެސް މުނައްވަރު ޗައިނާގައި ހުންނެވުމުން އެކަން ކުރެވެން ނެތް ކަމަށެވެ.
"އަޅުގަނޑު އުޅުނީ އެންމެ ފުރަތަމަ ކަމަކަށް އިންޓަވިއު ކުރަން މުނައްވަރާ. އެކަމަކު މުނައްވަރު ރާއްޖޭގައި ވަޑައިގެން ނެތީމަ މިއަދު އެ އިންޓަވިއުއެއް ނުކުރެވޭނެ." ގާސިމް ވިދާޅުވި އެވެ.
އެހެންކަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދުގެ ކޮމިޓީއަށް ހުށަހެޅުއްވީ، އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން މި މައްސަލައިގައި ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވި އެވެ.
މާލިއްޔަތު ކޮމިޓީން ވަނީ މުނައްވަރަކީ ގަވަރުނަރުގެ ޝަރުތުހަމަވާ މީހެއްތޯ ބެލުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކަށް ސިޓީ ފޮނުވާފަ އެވެ.
އެމްއެމްއޭގެ ގާނޫނު ބުނާގޮތުން އެއްވެސް ސަަބަބަކާ ހުރެ ގަވަރުނަރުގެ މަގާމު ހުސްވެއްޖެ ނަމަ، 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ އެވެ. އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަޖިލީހުން ވަކިކުރީ އިއްޔެ އެވެ.
ކުރީގެ ރައީސް ޔާމިންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ރައީސް ޑރ. މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު