ޒަހީނުއްދީން ސަޢީދު   15 އޯގަސްޓު 2020 - 16:33
ރައީސް ސޯލިހް މޯދީ އާއި ސަލާމްކުރައްވަނީ: އެމަނިކުފާނު ވަނީ އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ
ރައީސް ސޯލިހް މޯދީ އާއި ސަލާމްކުރައްވަނީ: އެމަނިކުފާނު ވަނީ އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ
މިނިވަން ކަމުގެ 73 އަހަރުގެ ދިގު ދަތުރުގައި އިންޑިއާއަކީ ޑިމޮކްރެސީގެ އަގުތައް ދަމަހައްޓައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމުގައި ދުނިޔެއަށް އުއްމީދުތަކެއް ދީފައިވާ ގައުމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެ ގައުމުގެ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާ އިން ގެންގުޅޭ ޑިމޮކްރެސީގެ އަގުތަކާއި އުސޫލުތައް ދެމެހެއްޓުމަށް ކޮށްފައިވާ މަސައްކަތަކީ ދުނިޔެއަށް އުއްމީދު ލިބޭ ފަދަ ފާހަގަކޮށްލެވޭ މަސައްކަތް ތަކެއް ކަމަށެވެ. ރައީސް ސޯލިހް ކުރެއްވި ޓުވީޓްގައި އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ.

މިސަރުކާރުން އެންމެ ގާތްގުޅުމެއް ބާއްވާ އެއްގައުމަކީ އަވައްޓެރި އިންޑިއާ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ދޭން ނިންމައި އެކަން ހާމަކޮށްފައެވެ. އެހީގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމާއި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލާ ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މާލީ ޕެކޭޖެއް ދޭން އިންޑިޔާ އިން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ އަށް ވަޑައިގެން މުހިންމު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވިއެވެ. އިންޑިއާއިން ރާއްޖެއަށް ވަނީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ވެސް ދީފަ އެވެ. އެ ޕެކޭޖުގައި ހިމެނޭ އުމްރާނީ ބައެއް މަސައްކަތްތައް މިހާރުވެސް ފަށާފައި ވާއިރު އިތުރު ބައެއް ބޮޑެތި ޕްރޮޖެކްޓްތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން