ހުޅުމާލޭގައި ހިންގި ވަރުގަދަ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ އަށް ވަނަ ދުވަހު ގްރޫޕަކުން ހުޅުމާލޭގެ ފޭސް އެކެއްގައި ހިންގި މާރާމާރީގައި މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފް، 26އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު ސިކުނޑިއަށް ވަނީ ލޭވެސް އެޅިފަ އެވެ.

އެ މައްސަލައިގައި މީގެ ކުރިން 22 އަހަރުގެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު ރޭގެ ވަގުތެއްގައި 23 އަހަރުގެ ފިރިހެނަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަޒީފަށް ހަމަލާ ދިނީ އޭނާ ސައިކަލުގައި ގޮސް ރެޑްވޭވް ފިހާރަ ކައިރީ އޮންނަ ޕާކެއްގެ ކައިރީގައި މަޑުކޮށްލިތަނާ ގްރޫޕަކުން ނެވެ.

ނަމަވެސް ނަޒީފުގެ އާއިލާއިން ބުނާ ގޮތުން އޭނާއަކީ މަޑުމައިތިރި އަދި ރަނގަޅު ވަޒީފާއެއްގައި ވެސް އުޅޭ ކުއްޖެކެވެ. އަދި އޭނާއަށް ހަމަލާ ދޭން ޖެހޭ އެއްވެސް ސަބަބެއްވެސް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން